މިހާރު ފުރުއްވަމުން ގެންދަވާ ވެރިކަމުގެ ދައުރު 2030 ވަނަ އަހަރު ނިމުމާއެކު މަޤާމުން ވަކިވެވަޑައިގަންނަވާނެ ކަމަށާއި، އެއީ މިހާރުވެސް ނިމިފައިވާ ނިންމުމެއް ކަމަށް މިސްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީ ވިދާޅުވެއްޖެއެވެ.
އަދި ވެރިކަމުގައި ދެމިހުންނެވުމަށްޓަކައި މިސްރުގެ ޤާނޫނުއަސާސީއަށް އިތުރު އިސްލާޙެއް ނުގެންނަވާނެ ކަމަށާއި، އެއީ އެއްވެސް މިންވަރަކަށް ބަހުސްކުރެވެން އޮތް ކަމެއް ނޫން ކަމަށްވެސް ރައީސް ސީސީ ވަނީ ތަކުރާރުކުރައްވައި ވިދާޅުވެފައެވެ.
ޢުމުރުފުޅުން 71 އަހަރުގެ ސީސީ މިހާރު ފުރުއްވަމުން ގެންދަވަނީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ފެއްޓެވި ހަ އަހަރުގެ ދައުރެކެވެ. މީގެކުރިން ހަތަރު އަހަރުގެ ދައުރެއް އޮތް ނަމަވެސް، 2019 ވަނަ އަހަރު ޤާނޫނުއަސާސީއަށް ގެނެވުނު އިސްލާޙުތަކާއެކު ރިޔާސީ ދައުރު ހަ އަހަރަށް ދިގުދެންމި، 2030 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ދެމިހުންނެވުމުގެ ޤާނޫނީ ޖާގަ އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.
މިސްރުގެ އަސްކަރިއްޔާގެ ކުރީގެ ޖެނެރަލެއް ކަމަށްވާ ސީސީ ވެރިކަމުގެ ބާރުތަކާ ޙަވާލުވެވަޑައިގެންނެވީ، 2013 ވަނަ އަހަރު އެ ޤައުމުގައި ހިނގި ވަރުގަދަ މުޒާހަރާތަކަށްފަހު، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބުކުރެވުނު ފުރަތަމަ ރައީސް މުޙައްމަދު މުރުސީގެ ސަރުކާރު އަސްކަރީ ބަޣާވާތަކުން ވައްޓާލުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު