ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ޓެސްލާގެ އިލެކްޓްރިކް ސްޕޯޓްސް ކާރު ދައްކާލުމަށް ބޭއްވި ޚާއްޞަ ހަރަކާތުގައި، ބޯކޮޅުވަތަށް ދުއްވުމާއި، ވައިގެ ތެރޭގައި އެނބުރުމުގެ އިތުރުން ހައިރާންކުރުވަނިވި ހަލުވި ދުވެއްޔެއް ވަނީ ދައްކާލާފައެވެ.
އިލޮން މަސްކް ވަނީ ޓެސްލާގެ އައު ޖީލުގެ ރޯޑްސްޓާ ކާރު އާންމުކޮށް، ކަރަންޓު ކުޅިވަރު ކާރަކުން ފެނިދާނެ ކަމަށް ކުރިން އުއްމީދު ނުކުރެވޭ ފަދަ އާދަޔާޚިލާފު ހަރަކާތްތަކެއް ދައްކާލާފައެވެ.
ބުރާސްފަތި ދުވަހު ވަގުތުން ދެއްކި މި ޙަފްލާގައި ބިލިއަނަރު އިލޮން މަސްކް ވިދާޅުވީ، މި ކާރުގެ ކުޅަދާނަކަން ފެނިފައި މީހުންނަށް ގަބޫލުކުރަންވެސް ދަތިވާނެ ކަމަށެވެ.
މި ހަރަކާތުގައި ރޯޑްސްޓާ ވަނީ އުސްކޮށް ހަދާފައިވާ ބުޅި ފާރަކުން މައްޗަށް އަރައި، ބޯކޮޅުވަތަށް ދުއްވައި، ވައިގެ ތެރެއަށް އުދުހިގަނެ، އެނބުރިގަތުމަށްފަހު ސަލާމަތްތެރިކަމާއެކު ތިރިކޮށްފައެވެ. އަދި ދެވަނަ ހަރަކާތެއްގެ ގޮތުގައި، އެތުރިފައިވާ ޓެސްލާ ކާރުތަކެއްގެ މަތިން ވައިގެ ތެރޭގައި ފުރޮޅެމުން ފުންމާލި މަންޒަރުވެސް ދައްކާލިއެވެ.
ޓެސްލާގެ ވެހިކަލް އިންޖިނިއަރިންގގެ ނައިބު ރައީސް ލާސް މޮރާވީ ވިދާޅުވި ގޮތުގައި، މި އުޅަނދު ބޯކޮޅުވަތަށް ދުއްވާއިރު ހިފަހައްޓައިދެނީ ކާރުގެ ދަށުގައި ހަރުކޮށްފައިވާ ވަރުގަދަ ފަންކާތަކެއް ބޭނުންކޮށްގެން ދަމައިގަންނަ ޚާއްޞަ ނިޒާމެއްގެ އެހީގައެވެ. އަދި މިއީ އާދަޔާޚިލާފު ގޮތްގޮތަށް ދުއްވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެއް ކަމަށް ވިދާޅުވަމުން، މަޖާޒީ ގޮތެއްގައި އޭނާ ވިދާޅުވީ މިއީ ރައްކާތެރިކަމަށް އެކަނި އިސްކަންދީގެން އުފައްދާފައިވާ އެއްޗެއް ނޫން ކަމަށެވެ.
މީގެއިތުރުން، މި ކާރު މަޑުކޮށްފައި އޮންނަ އޮތުމުން ފަށައިގެން އެންމެ ސިކުންތަކަށްވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ގަޑިއަކު 60 މޭލުގެ ބާރުމިނަށް ދުވެލި އަރުވާލެވޭނެ ކަމަށް ދައްކާލުމުން، ޓެސްލާގެ އަމާޒުތަކުގެ ބޮޑުކަން ހާމަވެގެންދިޔައެވެ.
https://x.com/Tesla/status/2110913438293647789?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2110913438293647789%7Ctwgr%5E%7Ctwcon%5Es1_c10&ref_url=
ޓެސްލާގެ ވެބްސައިޓުގައި ވާގޮތުން މި ކާރުގެ ތިން މޮޑެލެއް ބުކް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެއީ ޕާފޯމަންސް، ތްރަސްޓް، އަދި ރޮކެޓް މޮޑެލްއެވެ. މީގެ ތެރެއިން ރޮކެޓް މޮޑެލް ލިބޭނީ ހަމައެކަނި ޚާއްޞަ ދަޢުވަތެއް ލިބިގެންނެވެ.
މި ކާރު އެއްފަހަރު ޗާޖުކޮށްލައިގެން 300 އަށްވުރެ ގިނަ މޭލަށް ދުއްވޭނެ ކަމަށް ޓެސްލާއިން ބުނާއިރު، ރޮކެޓް މޮޑެލްގެ އެންމެ މަތީ ދުވެއްޔަކީ ގަޑިއަކު 230 މޭލަށްވުރެ ބާރު ދުވެއްޔެކެވެ.
މި ކުލަގަދަ ހަރަކާތްތަކާއެކު ޓެސްލާގެ އައު ކުޅިވަރު ކާރާމެދު ކުރެވޭ އުއްމީދުތައް އިންތިހާއަށް އުފުލިގެން ގޮސްފައިވެއެވެ. ނަމަވެސް، މި ބުނާ މިންވަރުގެ ދުވެއްޔާއި ކުޅަދާނަކަން ސާބިތުވާނީ މިނިވަން ފަރާތްތަކުން ހަދާ ޓެސްޓުތަކުންނާއި، އާންމުކޮށް ވިއްކަން ނެރޭއިރު ހުންނަ ސިފަތަކުގެ މައްޗަށް ބިނާކޮށެވެ.

ކިޔުންތެރިންގެ ހިޔާލު