އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ދެއްކެވި ވާހަކަފުޅުތަކަކަށް ވަރަށް ބޮޑަށް ރައްދުދެއްވައިފިއެވެ.
އޮބާމާ ވަނީ، އިޒްރޭލުން ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، އެ މީހުންނާ މެދު އިންތިހާއަށް އަނިޔާވެރި އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.
އޮބާމާ މި ވާހަކަފުޅު ދައްކަވާފައިވަނީ އުތުރު އަޔަރުލަންޑުގެ ބެލްފާސްޓަށް ކުރެއްވި ޒިޔާރަތެއްގައެވެ.
މި ތުހުމަތުތަކަށް ރައްދުދެއްވަމުން ނެތަންޔާހޫ ވިދާޅުވީ، ޔަހޫދީންނަކީ ކާބަފައިންގެ ބިމުގައި ތިބި ބޭރުގެ އިސްތިއުމާރީ ބައެއް ނޫ ކަމަށާއި، އަދި އެއީ އިސްތިއުމާރީ މަޝްރޫޢެއް ނޫން ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ވަތަން، އަދި މިއީ ފޭރިގަނެފައިވާ ބިމެއް ނޫން" ކަމަށް ވިދާޅުވަމުން، ނެތަންޔާހޫ ވަނީ އޮބާމާގެ ވާހަކަފުޅުތަކަކީ ނުހަނު ހިތާމަހުރި ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އަދި ޔަހޫދީންގެ އަސްލަކީ ޔޫދިއާ ކަމަށާއި، އެ ބިމާ އެ މީހުންގެ ގުޅުން އޮންނަތާ އެތައް ހާސް އަހަރެއް ވެއްޖެކަން އޭނާ ފާހަގަކުރެއްވިއެވެ.
ސުލްޙައިގެ އެއްބަސްވުމަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނެތަންޔާހޫ ވިދާޅުވީ، ސުލްޙައަށް އޮތް ހުރަހަކީ އިޒްރޭލު ނޫ ކަމަށާއި، އެއާ ޚިލާފަށް ސުލްޙައަށް ހުރަސްއަޅަނީ އިޒްރޭލާއި އެމެރިކާގެ ވެސް އާންމު ދުޝްމަނުން ކަމަށެވެ. ޚާއްޞަކޮށް އީރާން ފަދަ ޤައުމުތަކުން އިޒްރޭލާއި އެމެރިކާއަށް ނަފްރަތުކޮށް، ދުޝްމަނުކަން ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ އިޒްރޭލުން ފަސްނުޖެހި، ޤައުމުގެ ދިފާޢުގައި ދެމިހުންނާނެ ކަމަށެވެ.
އޮބާމާ ކުރިން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، ޔަހޫދީންނަކީ ތާރީޚީ ގޮތުން އަނިޔާ ލިބި، ރައްކާތެރިކަން ހޯދަން މަޖުބޫރުވި ބައެއް ކަމަށެވެ.
ނަމަވެސް، އިޒްރޭލުން ސަރަޙައްދުގައި އެންމެ ބާރުގަދަ ޤައުމަށް ވުމުން، އެ މީހުން ބޭނުންހާ ގޮތަކަށް ކަންކަން ކޮށް އެއްވެސް އެއްބަސްވުމަކަށް ނުގޮސް ތިބުމަކީ އަޚުލާޤީ ހަމަތަކުން ބޭރު ކަމަށެވެ.
އަދި ފަލަސްޠީނު މީހުންނަށް އިންސާފު ބޭނުންވާކަން އެނގޭ ކަމަށާއި، ނަމަވެސް ހަނގުރާމައިން ނުވަތަ ހަރުކަށި އަމަލުތަކުން އެ މީހުންނަށް ކާމިޔާބެއް ނުލިބޭނެ ކަމަށް އޮބާމާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު