މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ރިޒާވް ބޭންކް އޮފް އިންޑިއާ ދެމެދު ހަމަޖައްސާފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސުވަޕް ފެސިލިޓީ އިތުރު މުއްދަތަކަށް ފަސްކޮށްދިނުމަށް (ރޯލްއޯވަރ ކުރުމަށް) އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ ދިވެހިރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށާއި، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އެހީތެރިކަން ދިނުމުގެ ގޮތުން، ރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށް (ރޯލްއޯވަރ ކުރުމަށް) އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަަމަށެވެ. ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ހާމަކުރި ގޮތުގައި، ދިވެހިރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ދޫކުރި މި ފެސިލިޓީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސާކް ގައުމުތަކުގެ ކަރަންސީ ސްވަޕް އިންތިޒާމުގެ ދަށުން ސޮއިކުރެވުނު އެއްބަސްވުމެކެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) ދެމެދު ވެވިފައިވާ މި އިންތިޒާމުގެ ދަށުން އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކުން ބޮޑެތި ލުއިތަކެއް ރާއްޖެއަށް ލިބެއެވެ.
މީގެ އިތުރުން، ރާއްޖޭގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށް އިންޑިއާއިން ވަނީ 350 މިލިއަން ޑޮލަރުގެ ދިގު މުއްދަތުގެ ޓްރެޒަރީ ބޮންޑް ގަނެ، އަދި ރާއްޖެއިން ދައްކައި ހަލާސްކުރި 150 މިލިއަން ޑޮލަރުގެ ޓީ-ބިލަށް އެރި 42.8 މިލިއަން ޑޮލަރުގެ އިންޓްރެސްޓް ސަރުކާރުގެ ފަރާތުން ދައްކައިދީފައެވެ. 2012 އިން ފެށިގެން އިންޑިއާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް 1.1 ބިލިއަން ޑޮލަރަށްވުރެ ބޮޑު ސުވަޕް އެހީތެރިކަމެއް ފޯރުކޮށްދީފައިވާއިރު، އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި "ވިޝަން މަހާސާގަރު" ގެ ދަށުން އެކުވެރި ރަހުމަތްތެރިއެއްގެ ގޮތުގައި އޮވެ ރާއްޖެއަށް އެހީތެރިކަން ދިނުމާއި އިގްތިސާދީ ގުޅުންތައް ބަދަހިކުރުމުގައި އިންޑިއާއިން ދެމިއޮންނާނެކަމުގެ ޔަގީންކަން ހައިކޮމިޝަނުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު