ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓްއެއް ހިނގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
މިއަދު މެންދުރު ފަހު ދޭއް ޖަހާ ކަންހާއިރު އެ އެކްސިޑެންޓް ހިނގީ ދެ ސައިކަލު ޖެހިގެން ނެވެ.
ކުޅުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެކްސިޑެންޓްއާ ގުޅިގެން ތިން މީހަކަށް އަނިޔާވެގެން ގެނައި ކަމަށެވެ
އޭގެ ތެރެއިން 17 އަހަރުގެ ފިރިހެނަކަށް ކުދިކުދި އަނިޔާ ލިބިގެން އީއާރުގައި ފަރުވާ ދެމުންދާ އިރު ބޮޑެތި އަނިޔާތައް ލިބުނީ 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.
އޭގެ ތެރެއިން 20 އަހަރުގެ ފިރިހެން މީހާގެ މޫނު މައްޗަށް އަނިޔާތައް ލިބުނުއިރު 32 އަހަރުގެ އަންހެން މީހާގެ ފަލަމަސްގަނޑު ހިސާބުން ވަނީ ބިންދައިގެން ގޮސްފައެވެ.
ސީރިއަށް އަނިޔާތައް ލިބުނު ދެ މީހުން އެޑްމިޓްކޮށްގެށް މިހާރު ދަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު