މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުން އައި 14 ބިމެއް ދައުލަތަށް ނަގަން ސަރުކާރުން ނިންމާފައިވާ މައްސަލަ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ކައުންސިލުން ނިންމައިފިއެވެ.
އެގޮތަށް ނިއްމީ މިރޭ ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. އެކަމާ ގުޅިގެން މާލޭ ސިޓީކައުންސިލުގެ ގަރާރުގައި ބުނެފައިވަނީ އެ ބިންތައް އަތުލުމަށް މިނިސްޓްރީން އަންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީއަކަށް ހަވާލާދީ ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން ޝަކުވާ ހުށައެޅުމުގެ ފުރުސަތު ދިން ނަމަވެސް، ލާމަރުކަޒީ ގާނޫނުގައިވާގޮތުގެ މަތިން އެ ބިންތަކުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ހިއްސާކޮށްފައި ނުވާ ކަމަށް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން ޕްރޮޖެކްޓުތަކުގެ ނަން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ހިމަނާފައިނުވުމާއި، ގާނޫނުގެ ނައްސަށް ބަލާއިރު އެއް ދުވަހުން ދައުލަތުގެ ހުރިހާ ތަރައްގީގެ މަޝްރޫއުތަކެއް ހިންގުމަށް ބިންތަކެއް އެކުގައި އަތުލުމަކީ ގާނޫނު ތަސައްވުރުކުރާ ކަމެއް ނޫން ކަމަށްވާތީ، ޝަރުއީ މަރުހަލާގެ ތެރެއިން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށް ނިއްމީ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި، އިންފްރާސްޓްރަކްޗަރގެ ޚިދުމަތްތައް ފުޅާކޮށް ބެލެހެއްޓުމަށްޓަކައި ކައުންސިލްގެ އިޚްތިސާސުން އެ ބިންތައް ވަކިކޮށް ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރާކަން އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ހާމަކުރީ ބުރާސްފަތި ދުވަހުއެވެ.
ދައުލަތަށް ނަގަން ނިންމާފައިވާ 14 ބިން:
ސަލްޓަން ޕާކާއި ގައުމީ ދާރުލްއާސާރު
މަސް މާރުކޭޓާއި އެ ސަރަހައްދުން ހިއްކާފައިވާ ބައި
ލޯކަލް މާރުކޭޓު
ސިޓީ ކައުންސިލްގެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބިލްޑިން ހުންނަ ބިން
ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް އިމާރާތް
ކާނިވާ ސަރަހައްދާއި އާޓިފިޝަލް ބީޗު
މަސްވެރިންގެ މައިޒާން
ތައިސޭ ކޮށި
ކުލީ ފާޚާނާ ނަންބަރު 2
ގަސްގަހާގެހި ރައްކާކުރަން ކައުންސިލުން ބޭނުންކުރާ ބިން
ބޮނޑިބަތް ޕާކު
ރަސްފަންނު
މި މަޝްރޫއުތަކާ ގުޅޭގޮތުން ޚިޔާލެއް ނުވަތަ ޝަކުވާއެއް އޮތްނަމަ، ބުރާސްފަތި ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި ލިޔުމުން ހުށަހެޅުމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު