މިއަހަރުގެ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 31.566 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.635 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.0 އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިމްޕޯޓް ޑިއުޓީ އާއި މުދަލާއި ހިދުމަތުގެ އަގުން ނަގާ އާންމު ޓެކްސް (ޖީ.ޖީ.އެސް.ޓީ) އިން ލިބުނު އާމްދަނީ އިތުރުވުމެވެ.
ފައިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 18.3 އިންސައްތަ އިތުރުވެ، 2.757 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ހުރީ 2.331 ބިލިއަން ރުފިޔާގައެވެ. މީގެއިތުރުން، ޖީ.ޖީ.އެސް.ޓީ އާމްދަނީއަށް ވެސް 7.7 އިންސައްތައިގެ ކުރިއެރުމެއް އައިސް، އެ އަދަދު ވަނީ 4.375 ބިލިއަން ރުފިޔާއަށް އަރާފައެވެ. މި ކުރިއެރުންތަކާއެކު، ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވަނީ 7.4 އިންސައްތަ އިތުރުވެ، 24.394 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކުން ވެސް ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ވަނީ ފެނިފައެވެ. އެގޮތުން:
- ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.3 އިންސައްތަ އިތުރުވެ، 5.798 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
- އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.2 އިންސައްތަ އިތުރުވެ، 1.542 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
- އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.565 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 9.1 އިންސައްތައިގެ ކުރިއެރުމެކެވެ.
- މުދަލުން ލިބުނު އާމްދަނީ 12.3 އިންސައްތަ އިތުރުވެ 1.954 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 77.0 އިންސައްތަ އިތުރުވެ 0.515 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު، އިދާރީ ހިދުމަތްތަކަށާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުން ވަނީ ބޮޑު ހޭދައެއް ކޮށްފައެވެ. އިދާރީ ހިދުމަތްތަކަށް ކުރި ރިކަރަންޓް ޚަރަދު 7.4 އިންސައްތަ އިތުރުވެ 1.982 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބިމާއި އިމާރާތް ނުހިމަނައި އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ކުރި ކެޕިޓަލް ޚަރަދު ވަނީ 8.6 އިންސައްތަ އިތުރުވެ 2.839 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް (ޕީއެސްއައިޕީ) ކުރި ޖުމްލަ ޚަރަދު 16.0 އިންސައްތަ އިތުރުވެ، ވަނީ 4.312 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މީގެ އިތުރުން މުވައްޒަފުންގެ މުސާރަ އާއި އުޖޫރައަށް ކުރި ހޭދަ 14.1 އިންސައްތަ އިތުރުވެ 5.556 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެހީ އާއި ސަބްސިޑީގެ ގޮތުގައި ކުރި ޚަރަދު ވަނީ 43.7 އިންސައްތަ އިތުރުވެ 10.366 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ސަބްސިޑީއަށް ކުރި 4.265 ބިލިއަން ރުފިޔާ (71.8 އިންސައްތައިގެ އިތުރުވުމެއް) އަދި އާސަންދައަށް ކުރި 1.910 ބިލިއަން ރުފިޔާ (23.6 އިންސައްތައިގެ އިތުރުވުމެއް) ހިމެނެއެވެ. ނަމަވެސް، ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދު ވަނީ 5.2 އިންސައްތަ ދަށްވެ، 3.801 ބިލިއަން ރުފިޔާއަށް ކުޑަވެފައެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު، 8 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 35.984 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 18.3 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނޭ 31.053 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި ހިމެނޭ 4.931 ބިލިއަން ރުފިޔާ ހިމެނެއެވެ.
މި ހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކަނީ 4.418 ބިލިއަން ރުފިޔާގެ އޯވަރޯލް ޑެފިސިޓެކެވެ.

ކިޔުންތެރިންގެ ހިޔާލު