ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މިއަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް ހޭދަކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކަނީ، އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު އަލަށް އުފެއްދި ގޮފިތަކުގެ ޚަރަދުތައް އެ އޮތޯރިޓީގެ ދަށަށް ބަދަލުވުމުން ކަމަށް އެލްޖީއޭއިން ހާމަކޮށްފިއެވެ.
އެލްޖީއޭއިން މިކަން ސާފުކޮށްދީފައިވަނީ ދައުލަތުގެ ބަޖެޓުން އެ އޮތޯރިޓީއަށް ކަނޑައެޅި މިންވަރަށް ވުރެ ބޮޑު އަދަދެއް ޚަރަދުކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ޝާއިއުކުރި ޚަބަރުތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހާއެކު އަތޮޅު ކައުންސިލްތައް އުވާލައި، ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ ގޮފިތައް ވަނީ ޤާއިމުކޮށްފައެވެ. އަދި އެގޮފިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން، އެ ތަންތަން ހިންގުމަށް ބޭނުންވާ އިދާރީ ހުރިހާ ޚަރަދުތަކާއި އެކި ފަރާތްތަކަށް އަދާކުރަންޖެހޭ ފައިސާ ދެއްކުމުގެ މަސްއޫލިއްޔަތު މިހާރު އޮތީ އެ އޮތޯރިޓީއާ ހަވާލުވެފައެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީހުން އެލްޖީއޭއަށް ފާސްކޮށްދީފައިވަނީ 37.3 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޮކްޓޯބަރު 6 ވަނަ ދުވަހުގެ ނިޔަލަށް އެ އޮތޯރިޓީގެ އަސްލު ބަޖެޓުން ހޭދަވެފައިވަނީ 18.5 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް، އަހަރުގެ ބަޖެޓު އެކުލަވާލިއިރު އަތޮޅު ގޮފިތަކުގެ ޒިންމާތައް އެލްޖީއޭއާ ހަވާލުވެފައި ނުވާތީ، އެ ގޮފިތައް ހިންގުމުގެ ޚަރަދު އެ ބަޖެޓުގައި ހިމެނިފައެއް ނުވެއެވެ.
އަތޮޅު ގޮފިތަކުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށާއި މުވައްޒަފުންގެ މުސާރަ ދިނުމަށްޓަކައި، މާލީ ވުޒާރާގައި އެދިގެން އެލްޖީއޭގެ ބަޖެޓަށް ވަނީ ފައިސާ އިތުރުކޮށްދީފައެވެ. އެގޮތުން، މިދިޔަ މެއި މަހުގެ 17 އިން ފެށިގެން އޮކްޓޯބަރު 6 ގެ ނިޔަލަށް އަތޮޅު ގޮފިތައް ހިންގުމަށް އެކަނިވެސް 61.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެލްޖީއޭއިން ބުނެއެވެ.
އެހެންކަމުން، މާލީ ހިސާބުތަކުން ބަޖެޓަށްވުރެ އިތުރަށް ޚަރަދުވި ކަމަށް ފެންނަނީ އަލަށް އިތުރުކުރި މި ޚަރަދުތަކުގެ ސަބަބުން ކަމަށާއި، މި ހުރިހާ މާލީ މުއާމަލާތްތަކެއްވެސް ހިންގާފައިވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މާލީ ވުޒާރާގެ ހުއްދަ ލިބިގެން ކަމަށް އެ އޮތޯރިޓީން ވަނީ ކަށަވަރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު