ޑޮލަރު ހޯދަދޭނެކަމަށް ބުނެ މިލިއަނެއްހާ ރުފިޔާ ނެގިކަމަށް ތުހުމަތުކުރެވޭ މީހަކަށް ބޮޑެތި އަނިޔާތަކެއް ދީފިއެވެ.
އިންޑިއާއަށް ނިސްބަތްވާ ރާޝިދު(39)އަށް ހިޔާނާތުގެ ތުހުމަތުކުރެވިފައިވާ އިރު އޭނާ ހައްޔަރުކޮށް މިހާރު ހުރީ 15 ދުވަހަށް ބަންދުވެސްކޮށްފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާޝިދުއަށް އަނިޔާކުރީ ފައިސާ ނެގުމަށް ފަހު ޑޮލަރު ދީފައިނުވާތީއެވެ.
އެކަމަކު އެ މައްސަލައާ އޭނާއާ ގުޅުމެއް ނެތް ކަމަށް ވެސް ރާޝިދު ވަނީ ކޯޓުގައި ބުނެފައެވެ.
ނަމަވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާޝިދުއާ ދެކޮޅަށް އެކަށީގެންވާ ހެކި އެބަ ހުއްޓެވެ. އޭގެ ތެރޭގައި ޕޮލިސް އިންޓެލިޖެންސް ރިޕޯޓްއާއި ރާޝިދު ސީންގައި ހައްޔަރުކުރުމުގަިއ ހަރަކާތްތެރިވި ފުލުހުންގެ ހާދިސާ ރިޕޯޓް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު