ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު-
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު-
ހަރަދުތައް ކުޑަކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަންނަން އެހީ ބޭނުންވާކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދުނިޔޭގެ މަޝްހޫރު ނިއުސް އޭޖެންސީ "ރޮއިޓާސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެލަށް ކުރަން ޖެހޭ ހަރަދު ތިން ގުނަ އިތުރުވެފައިވާ ކަމަށެވެ.

އަދި ފަތުރުވެރިން އަންނަ އަދަދުވެސް ދަށްވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެކަންކަމާ ހުރެ ކުރިން ޓާގެޓްކޮށްގެން ހުރި 7 ޕަސެންޓްގެ ބަޖެޓު ނުވަ ޕަސެންޓްއަށް އިތުރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަންކަމަ ހުރެ ރިޒާވް ހަަމައަކަށް އަޅުވަން ވެސް ބައިނަލްއަގުވާމީ ވޯލްޑް ބޭންކު ފަދަ މާލީ އެހީދޭ ޑޯނާސްގެ އެހީތެރިކަމަށް ބޭނުންވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ހަރަދުތައް ކުޑަކުރަން އިސްލާހީ ފިޔަވަޅުތައް އަޅަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އަދި ހަރަދުތައް ކުރުމުގެ ކަންކަން ހަރުދަނާކޮށް ހަރަދުތައް ކުޑަކުރަން މިދަނީ މަސައްކަތް ކުރަމުން" މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް