އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ވިއްކާ 1،000 އެމެރިކާ ޑޮލަރު ދޫކުރުމުގެ އުސޫލު އިތުރަށް ހަރުދަނާކޮށް، ދިވެހިން ޢާންމުކޮށް ބޭސްފަރުވާއަށް ގޮސްއުޅޭ މައިގަނޑު ހަ ޤައުމަކަށް އެކަނި ޑޮލަރު ވިއްކާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފިއެވެ.
މަރުކަޒީ ބޭންކުން މި ނިންމުން ނިންމާފައިވަނީ ޞިއްޙީ ފަރުވާއަށް ދޫކުރާ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ޚަރަދުކުރެވޭ ފައިސާއެއްކަން ކަށަވަރުކުރުމަށާއި، ޤައުމުގެ ބޭރު ފައިސާގެ ރިޒާވް ހިމާޔަތްކުރުމުގެ މަޤްޞަދުގައެވެ.
އަލަށް ގެނައި މި އިޞްލާޙާއެކު އަމިއްލަ ޚަރަދުގައި ފަރުވާ ހޯދަންދާ މީހުންނަށް 1،000 ޑޮލަރު ދޫކުރާނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިޔާ، ސިންގަޕޫރު އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ދަތުރުކުރާ ފަރާތްތަކަށް އެކަންޏެވެ. މި އުސޫލުގެ ދަށުންވެސް ކުރިއެކޭ އެއްފަދައިން ބޭންކުތައް މެދުވެރިކޮށް ފަސޭހަކަމާއެކު ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ފަރުވާއަށްދާ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ 2،000 އެމެރިކާ ޑޮލަރު ދޫކުރުމުގެ އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ރާއްޖެއިން ބޭރަށް ފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އާސަންދައިގެ ދަށުން ދާ މީހުންނަށް 2،000 ޑޮލަރު އަދި އަމިއްލަ ޚަރަދުގައި ދާ މީހުންނަށް 1،000 ޑޮލަރު ވިއްކަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެންނެވެ. ނަމަވެސް، މި ލުޔާއެކު ފާއިތުވި އެއް އަހަރެއްހާ ދުވަހުގެ ތެރޭގައި މި ބޭނުމަށް ދޫކުރާ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބޭސްފަރުވާގެ ބޭނުންތަކަށް 41.1 މިލިއަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފައެވެ. ވޭތުވެދިޔަ އަހަރު މި ބޭނުމަށް ވިއްކާފައިވަނީ 18.51 މިލިއަން ޑޮލަރު ކަމަށްވާއިރު، މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް ތިން ގުނަ އިތުރު އަދަދެކެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު އަދަދެއް ޚަރަދުވެފައިވަނީ އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދިޔަ ފަރާތްތަކަށެވެ. އެގޮތުން 2026 ގެ ސެޕްޓެންބަރުގެ ނިޔަލަށް އެކަނިވެސް އަމިއްލަ ޚަރަދުގައި ދިޔަ މީހުންނަށް 29.2 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ.
އެންމެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި އަދަދު ތިން ގުނައަށް އުފުލިގެން ދިއުމަކީ، ޞިއްޙީ ފަރުވާގެ ނަމުގައި ނަގާ ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމުގެ ކަންބޮޑުވުން އުފެދުނު މައިގަނޑު ސަބަބެވެ. އެހެންކަމުން، މިފަދަ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހިމާޔަތްކުރުމަށާއި، އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ޙަޤީޤަތުގައިވެސް ބޭސްފަރުވާއަށް ބޭނުންޖެހިފައިވާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ޑޮލަރު ކަށަވަރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށަ އެމްއެމްއޭއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު