ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެ މައްސަލައިގެ ތަފްސީލަށް ދަމުން ފުލުހުން ބުނީ ހުއްދަނެތި ބޭންކިންގެ ހިދުމަތްދީ ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލަވެސް އެ މައްސަލައިގެ ތެރޭގައި ހިމެނޭ ކަމަށެވެ.
އެ އޮޕަރޭޝަންގައި ހަތަރު ބިދޭސީއަކާއި ދިވެއްސެއްގެ އިތުރުން، ފިހާރައަކާއި އަދި ބިދޭސީއަކު ދިރިއުޅޭ ތަނެއް ބަލައިފާސްކުރި ކަމަށް ފުލުހުން ބުންޏެވެ.
ބޭރު ފައިސާގެ ގާނޫނަށް ގެނައި މި ފަހުން ގެނައި އިސްލާހުގެ ދަށުން އަގުބޮޑުކޮށް ޑޮލަރު ވިއްކުމާއި މާރުކުރުމަކީ ގާނޫނީ ގޮތުން ކުށެކެވެ. އަދި ފުލުހުން ދަނީ އަގުބޮޑުކޮށް ޑޮލަރު ވިއްކުމުގައި އުޅޭ ބައެއް މީހުން ހައްޔަރުވެސްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު