ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާއާ އެއްވަރުގެ ބޭރު ފައިސާއަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނިގޮތުގައި އެ އިދާރާއިން އަތުލައިގަތީ 905،669.80ގެ ދިވެހި ރުފިޔާއަށްވާ ވަރަށް ބޭރު ފައިސާއެވެ.
އެ ފައިސާ އަތުލައިގަނެފައިވަނީ މިިދިޔަ ބުދަ ދުވަހު ރާއްޖެއިން ބޭރަށް ފުރަން ދިޔަ އިންޑިއާގެ ފަސެންޖަރެއްގެ އަތުން ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ޑިކްލެއާނުކޮށް ބޭރުކުރަން އުޅުނު އެ ފައިސާގެ ތެރޭގައި އެކި ގައުމުތަކުގެ ފައިސާ ހިމެނޭކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
ނަމަވެސް އެއީ ސީދާ ކޮން ގައުމުތަކެއްގެ ބޭރު ފައިސާކަމެއް ކަސްޓަމްސްއިން ނުބުނެއެވެ.
ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާއިރު ރިމެޓެންސް ޓެކްސް ނަގާތީއާއިއި އަދި ބޭންކު ޗާޖަސް ނުދައްކަން ބައެއް ބިދޭސީން ބޭރު ފައިސާ ބޭރުކުރެއެވެ. ނަމަވެސް މިއީ މަނާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު