ވެއްޓުނު ސައިކަލު މޫދުން ނެގުމުގެ މަސައްކަތް ކުރަނީ--
ވެއްޓުނު ސައިކަލު މޫދުން ނެގުމުގެ މަސައްކަތް ކުރަނީ--
ގދ. ތިނަދޫގައި ފޮއްޓެއް ހިފައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް މޫދަށް ވެއްޓި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ އިއްޔެ ހަވީރު ފަސް ގަޑި ބައިވާން އުޅެނިކޮށް ކަމަށެވެ.

އެގޮތުން ސައިކަލު ކޮންޓްރޯލް ނުވެ ބަނދަރާވީ ދިމާލުން ގޮސް މޫދަށް ވެއްޓުނުއިރު އެ ސައިކަލު ފަހަތުގައި ވެސް މީހަކު އިން ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ފަހުން ވަނީ އެ ސައިކަލު މޫދުން ނަގައި ވެރި ފަރާތާ ވެސް ހަވާލުކޮށްފައެވެ.

އެ ހާދިސާ ހިނގިއިރު ސައިކަލު ދުުއްވަން އިން މީހާގެ ލައިސަންސް އޮތް ކަމަށް ވެސް ފުލުހުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް