މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަމެއްގައި އާންމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއީ ރައްޔިތުންނަށް ފަސޭހަކަމާއެކު އިތުބާރު ހިފޭ، ގަޑިއަށް ފޯރުކޮށްދެވޭ އަރާމު ޚިދުމަތަކަށް ހައްދަވައިދެއްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރު މިހެން ވިދާޅުވީ އާރްޓީއެލް ބަހުގެ ޚިދުމަތް ހޯދާ އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށްފަހު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އާޒިމް ފާހަގަކުރެއްވި ގޮތުގައި މާލޭގެ ޕަބްލިކް ޓްރާންސްޕޯޓުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ވަނީ ޚާއްސަ ދިރާސާއެއް ހަދާފައެވެ. ނަމަވެސް އެ ދިރާސާ ސަރުކާރާ ހިއްސާކޮށްފައިވީ ނަމަވެސް، އެއާ އެއްގޮތަށް އަމަލީ ސިފަ ގެނައުމުގެ ގާބިލުކަން މިހާރުގެ ސަރުކާރުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ އަޑުއަހައި، އެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ދެމެހެއްޓެނިވި ހައްލު ހޯދައިދޭ ޕާޓީއެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މޭޔަރު އާޒިމްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި އެމްޓީސީސީން ދެމުން އަންނަ ބަހުގެ ޚިދުމަތަކީ ރައްޔިތުންގެ ޖީބަށް ލުއި އަދި އެންމެންގެ އިތުބާރު ލިބިފައިވާ ނިޒާމަކަށް ހައްދަވާނެ ކަމަށެވެ.
މާލެ ސަރަހައްދުގެ ޕަބްލިކް ޓްރާންސްޕޯޓަކީ މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް ކޮންމެހެން ބޭނުންތެރި ވަސީލަތެއްކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ، މިހާރު ބަހުގެ ޚިދުމަތް ހޯދާ ސްކޫލް ދަރިވަރުންނާއި އޮފީސްތަކަށްދާ މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާއަކީ ގަޑިއަށް ދަތުރުތައް ނުފެށި، ކިއުތަކުގައި ގިނައިރު ތިބެންޖެހުމެވެ. އަދި މިހާރަށްވުރެ މާ ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ގާބިލުކަން ގައުމުގައި އެބަހުރި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އާޒިމް ގުޅިވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ މަސައްކަތްޕުޅުތައް ފައްޓަވާފައި މިވަނީ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު