ފިލްމީ ކުޅޭ ބަޔަކާއެކު ދާދިފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ޝާހިލް މުހައްމަދު، މީގެ ކުރިން ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ ދޫކޮށްލީ ބަންދުގައި ގިނަ ދުވަސް ވެފައިވާތީ އާއި އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކުރުމަށްފަހު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ޝާހިލް އަކީ 24 ޖުލައި 2024 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އިއްތިހާދު އެއާވޭސްގެ ފްލައިޓުން ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ލަގެޖުގައި ފޮރުވައިގެން އެތެރެކުރި މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެކުރިން ހައްޔަރުކުރި މީހެކެވެ. އެ މައްސަލައިގައި ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަށް ފަހު، އެ ލަގެޖާ އެންމެ ފަހުން ހަވާލުވީ ޝާހިލް އެވެ. އެ ލަގެޖު ފާސްކުރިއިރު އޭގެ އެއްފަޅީގައި ކޮންސީލްކޮށްފައި އޮތް ޝީޓެއްގެ ތެރެއިން ދެ ކިލޯއަށް ވުރެ ގިނަ ޑައިމޯފިން ފެނިފައިވެއެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި ދައުވާ ލިބުނު ތިން މީހުންގެ ތެރެއިން މަސްތުވާތަކެތި ހިފައިގެން ރާއްޖެ އައި ޕާކިސްތާނު މީހާގެ މައްޗަށް މިހާރު ވަނީ ކުށް ސާބިތުވެ ހުކުމް ކޮށްފައެވެ. އަދި ދެން ހިމެނޭ ދިވެހި މީހާގެ މައްސަލަ ވެސް ނިމިފައިވާއިރު، ޝާހިލްގެ މައްސަލަ ދިގުލައިގެން ގޮސް އަދިވެސް އޮތީ ހުލާސާ ބަޔާން އިއްވުމުގެ މަރުހަލާގައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފިލްމުކުޅޭ ބަޔަކާއެކު އަނެއްކާވެސް ޝާހިލް ހައްޔަރުކުރުމާ ގުޅިގެން ޕީޖީ އޮފީހުން ބައެއް މީޑިއާތަކަށް ބުނެފައިވަނީ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހުކުމެއް ނެތި މީހަކު ބަންދުގައި ހުންނަތާ އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެނަމަ، އާންމު އުސޫލުން އެ މީހެއްގެ ބަންދު މުރާޖައާ ކުރަމުން ގެންދާ ކަމަށެވެ. އަދި ކުރިން އޭނާ ދޫކޮށްލަން ނިންމީ ޝަރީއަތް ނިމެންދެން ބަންދުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވުމާއި، އޭނާގެ ސިއްހީ ހާލަތަށް ބެލުމަށްފަހު ކަމަށް ވެސް ޕީޖީން އޮފީހާ ޙަވާލާދީ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވޭ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ޝާހިލް އަލުން ހައްޔަރުކުރީ ރާއްޖޭގައި ފިލްމުކުޅޭ ތިން މީހުން ކަމަށްވާ އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު (ޖުމާ)، 35، އަދި މުހައްމަދު ވިޝާލް (ރޯމަން)، 29، އާއެކުގައެވެ. އެ މީހުން ތިބި ކޮޓަރިއަށް ފުލުހުން ވަތްއިރު މޭޒުމަތީގައި ހާމައަށް ޓްރެފިކިންގެ މިންގަނޑަށް އަރާ ވަރަށް މަސްތުވާތަކެތި ހުރި ކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން، ޝާހިލް ހިމެނޭހެން އެ ހަތަރު މީހުން ވެސް ވަނީ މެތަމްފެޓަމިން (މެތް) އާއި ގުޅުންހުރި ސިންތެޓިކް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ. މި މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމުން އެ އެންމެންގެ ބަންދަށް ވެސް ކޯޓުން މިހާރު ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު