ދިވެހިރާއްޖޭގައި ތެލެސީމިއާ ބަލި ތަޙައްމަލުކުރާ ފަރާތްތަކަށް ސަރުކާރުން ދެމުންދާ ޚާއްޞަ މާލީ އެލަވަންސްގެ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަން ނޭޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އެންސްޕާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ސެޕްޓެމްބަރު މަހު ތެލެސީމިއާ އެލަވަންސްގެ ގޮތުގައި ޖުމްލަ 1,082,000 ރުފިޔާ ވަނީ 541 ފަރާތަކަށް ދޫކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި ތެލެސީމިއާ އެލަވަންސް ދިނުމަށް އަލަށް ހަމަޖައްސައިދެވުނު 6 ފަރާތެއްވެސް މި އަދަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި އެލަވަންސަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގައި ތެލެސީމިއާ ބަލި ހުންނަ ފަރާތްތަކަށް ޚާއްޞަ މާލީ އިނާޔަތެއްގެ ގޮތުގައި ދިނުމަށް ހަމަޖައްސައި، 1 ޖެނުއަރީ 2026 އިން ފެށިގެން ދޭން ފަށާފައިވާ އެލަވަންސެކެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ނޭޝަނަލް ތެލެސީމިއާ ރަޖިސްޓްރީގައި ހިމެނޭ ކޮންމެ ފަރާތަކަށް މަހަކު 2,000 ރުފިޔާގެ މަގުން ދޫކުރާ މި އެލަވަންސް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ނޭޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށެވެ.
މި އެލަވަންސުގެ މައިގަނޑު މަޤްޞަދަކީ، ތެލެސީމިއާ ހުންނަ ފަރާތްތައް ގަވާއިދުން ހޯދަންޖެހޭ ޞިއްޙީ ފަރުވާއާއި، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ޢާއިލާތަކުން ކުރަންޖެހޭ ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމެވެ. މިއީ ސަރުކާރުން ތައާރަފުކުރެއްވި މުހިންމު އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީއެކެވެ.

ކިޔުންތެރިންގެ ހިޔާލު