ރާއްޖޭން ބޭރުގެ ވެބްސައިޓްތަކުން އޮންލައިންކޮށް ވިޔަފާރި ކުރުމުގައި އާންމުންނަށް ދިމާވަމުންދާ ދަތިތައް ހައްލުކޮށް ދެއްވުމަށްޓަކައި ސަރުކާރުން ރެއާއި ދުވާލު މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ސީދާ އެމަނިކުފާނު ޖަވާބުދެއްވުމަށް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 9 ވަނަ ޕްރޮގްރާމްގައި އާންމު ރައްޔިތަކު ފާޅުކުރި ކަންބޮޑުވުމަކަށް ޖަވާބު ދެއްވަމުންނެވެ.
މި ޕްރޮގްރާމްގައި ކަންބޮޑުވުން ހިއްސާކުރި ރައްޔިތަކު ވަނީ ޓެމޫއިން އޯޑަރު ނުޖެހޭތީ އެކަމުގެ ޝަކުވާކޮށްފައެވެ. އޭނާވަނީ މިސަރުކާރުން ގައުމުގެ ކަންކަން ވަރަށް ރަނގަޅަށް ގެންދަވާކަމާއި ޑޮލަރުގެ ކަންކަން ވެސް ހަމައަކަށް އަޅުވަން މަސައްކަތް ކުރަށްވާކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް ޓެމޫއިން އޯޑަރު ނުޖެހޭ މައްސަލައަކީ ކަންބޮޑުވުމެއްކަމަށް އޭނާ ފާހަގަ ކޮށްފައިވެއެވެ.
"އެއް ކަމެއް ކަމަކު ނުދޭ. ޓެމޫގެ އޯޑަރު ނުޖެހިގެން އާދައިގެ ދެރަ ނިކަމެތި މީހާއަށް މިކަމެއް ނުވޭ. މިކަންވާނެ ގޮތެއް ހައްދަވާދެއްވާ." ރައްޔިތުމީހާ ބުންޏެވެ.
އެކަމާ ގުޅީގެން ރައީސް ވިދާޅުވީ އެކަމުގައި ހުރި ދަތިތައް ގަބޫލުކުރަށްވާ ކަމަށާއި، އެކަން ހައްލުކޮށް ދެއްވުމަށް ރެއާއި ދުވާލު މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ.
"ރެއާއި ދުވާލު އެކަމާ މިއުޅެނީ. އެކަން ހައްލު ކޮށްދޭނަން އިރާދަ ކުރެއްވިއްޔާ." ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ބޭރުގެ އީކޮމާސް ޕްލެޓްފޯމްތަކުގައި ވިޔަފާރިކުރުމަށް ކަނޑައަޅާފައިވާ ދުވަހުގެ ލިމިޓް ރިސެޓްވާ ގަޑީގައި ސިކުންތަކު 70 އަށްވުރެ ގިނަ މުއާމަލާތް ސިސްޓަމް ތެރެއިން ހިނގަމުންދާ ކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.
ދުނިޔޭގެ 40،000 އަށްވުރެ ގިނަ އޮންލައިން ޕްލެޓްފޯމްތަކުން ދިވެހިން ދުވާލަކު އެވްރެޖްކޮށް 20،000 އަށްވުރެ ގިނަ މުއާމަލާތް ކުރަމުންދާއިރު، ބީއެމްއެލް އިން ވަނީ ރާއްޖެއިން ބޭރުގެ އޮންލައިން ވިޔަފާރިތަކަށް މަހަކު 16 މިލިއަން ޑޮލަރާ ހަމައަށް ފައިސާ ދޫކުރުމަށް އިންތިޒާމު ހަމަޖައްސާފައެވެ. ނަމަވެސް، ކޮންމެ ދުވަހެއްގެ ހެނދުނު 7:00 ގައި ލިމިޓް ރިސެޓްވާ ވަގުތު ޓީމޫ، އަލީބާބާ، އެމެޒޯން އަދި އެޕަލް ފަދަ މަގުބޫލު ވެބްސައިޓްތަކުން ވިޔަފާރި ނުކުރެވޭ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ދަނީ ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު