ރާއްޖޭގެ 18 އަތޮޅެއްގައި "ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި ޚާއްޞަ އިދާރާތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
މިއަދު އުފެއްދެވި 18 މަރުކަޒަކީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހިމެނޭ ކޮންމެ އަތޮޅަކަށް ޚާއްޞަކޮށްގެން ޤާއިމުކުރި "ސަރުކާރުގެ ޚިދުމާތު މަރުކަޒު" ތަކެކެވެ. މީގެ ސަބަބުން އަތޮޅުތަކުގެ ރައްޔިތުންނަށް ސަރުކާރުގެ މައި އިދާރާތަކުން ލިބިގަންނަންޖެހޭ އެކިއެކި ޚިދުމަތްތައް އަތޮޅު ފެންވަރުގައި ލުއިފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
މި މަރުކަޒުތަކަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާނެ ތަންތަނުގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މި މަރުކަޒުތައް އުފެއްދެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ. މި ނިންމެވުން ރަސްމީކޮށް އިޢުލާން ކުރަށްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.
ސަރުކާރުން ބުނީ، މި މަރުކަޒުތައް އުފެއްދެވުމުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 65 ވަނަ މާއްދާގެ (ށ) ގެ 1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޤައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް މެދުވެރިކޮށް އިދާރީ ދާއިރާތަކުން ރައްޔިތުންނަށް ލިބޭނެ ފަސޭހަ އިންތިޒާމު ހަމަޖެއްސެވުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި، އަލަށް އުފެއްދެވި މި މަރުކަޒުތަކަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަންތަކާއި، ދައުލަތުގެ އޮފީސްތަކުން ލިޔާ ސިޓީތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ މުއައްސަސާ ނަންބަރުތަކުގެ ތަފުޞީލުވެސް ވަނީ ޢާންމުކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު