އޮންލައިން ނޫހެއްކަމަށްވާ "އަދަދު" އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން ދޫކުރުމަށް ރައީސް އޮފީހުން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ ޝާއިޢުކުރި ޚަބަރު ސަރުކާރުން ކަނޑައެޅިގެން ދޮގުކޮށްފިއެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، އެ ނޫހުގައި ޝާއިޢުކޮށްފައިވާ މަޢުލޫމާތަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތެއް ކަމަށެވެ.
އިސް ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ "އެސެޓް ޑެކްލެރޭޝަން" ނުވަތަ މާލީ ބަޔާނަކީ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން ކޮންމެ ބޭފުޅަކަށްވެސް ޕީޑީއެފް ފޯމެޓްގައި ފަސޭހަކަމާއެކު ޑައުންލޯޑް ކުރެވޭގޮތަށް މިހާރުވެސް ޢާންމުކުރެވިފައިވާ މަޢުލޫމާތެކެވެ.
އަދި މި މަޢުލޫމާތު ވެބްސައިޓުން ފެންނަން ހުންނާނެކަން މީގެ ކުރިންވެސް ރަސްމީކޮށް މީޑިއާތައް މެދުވެރިކޮށް އާންމުކޮށް އިޢުލާންކުރައްވާފައިވާނެ ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ސިޔާސީ މަޤްޞަދެއްގައި "އަދަދު" ނޫހުން ސަރުކާރާއި ރައީސާ ގުޅުވައިގެން މެދުނުކެނޑި ދޮގު ޚަބަރު ފަތުރަމުންދާ ކަމަށާއި، ނަމަވެސް ކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދިނުމުގައި ސަރުކާރުން ފަސްނުޖެހޭނެ ކަމުގެ ޔަޤީންކަންވެސް ތަރުޖަމާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިއަހަރުގެ މާލީ ބަޔާން އާންމުކުރައްވާފައިވަނީ މޭ މާހުގެ މެދުތެރޭގައެވެ. ޤާނޫނު އަސާސީގެ 120 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު ކޮންމެ އަހަރަކު އެބޭފުޅެއްގެ މިލްކިއްޔާތުގައިވާ މުދަލާއި، ފައިސާގެ ހިސާބުތަކާއި، ވިޔަފާރި މަސްލަޙަތުތަކުގެ އިތުރުން އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މާލީ ބަޔާނެއް އޮޑިޓަރ ޖެނެރަލްއަށް ހުށަހަޅުއްވަންޖެހެއެވެ.
ޢާންމުކުރެވިފައިވާ މާލީ ބަޔާނަށް ބަލާއިރު، 6 މަސްދުވަހުގެ ތެރޭގައި މުސާރައިގެ ގޮތުގައި ރައީސަށް 285،024 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. އަދި ހުޅުމާލެ ރޯހައުސް ކުލީގެ ގޮތުގައި 240،000 ރުފިޔާ އަދި އާއިލާގެ ފަރާތުން ހަދިޔާގެ ގޮތުގައި 180،000 ރުފިޔާ ލިބިވަޑައިގެންފައިވާކަން ބަޔާންކޮށްފައިވެއެވެ. ފައިސާގެ ތަފްޞީލަށް ބަލާއިރު، ބޭންކް އޮފް މޯލްޑިވްސްގެ ކަރަންޓް އެކައުންޓުގައި 184،845.52 ރުފިޔާ، ސޭވިންގްސް އެކައުންޓުގައި 1,701,470.44 ރުފިޔާ އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސޭވިންގްސް އެކައުންޓުގައި 1,000 ރުފިޔާ ހުރިކަމަށް ދައްކައެވެ.
މީގެއިތުރުން، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އަށް ލޯނުގެ ބާކީގެ ގޮތުގައި 1,319,265.13 ރުފިޔާ ދައްކަންޖެހޭއިރު، އެމަނިކުފާނުގެ މިލްކިއްޔާތުގައިވާ މުދަލުގެ ތެރޭގައި މ.ދިމްޔާތު، ހުޅުމާލެ އެމްބަރ ޓެރަސް 2، ދިމްޔާތު ހއ. ވަށަފަރު، މ. ފިގް އަދި 260,000 ރުފިޔާގެ ކާރެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު