ދިވެހިރާއްޖޭގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު އީފާސް އަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޚާއްސަ މޮބައިލް ހެލްޕް ޑެސްކް ސެޝަންތަކެއް މި ހަފުތާ ބަންދުގައި ހުޅުމާލޭގައި ބޭއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
މި ހަރަކާތަކީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ "ޑިޖިޓަލް މޯލްޑިވްސް ފޯ އެޑެޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން" (ޑީމެޑް) ޕްރޮޖެކްޓުގެ އެހީތެރިކަމާ އެކު، މޯލްޑިވްސް ޑިޖިޓަލް ސަރވިސަސް އިން ކުރިއަށްގެންދާ ހޭލުންތެރިކަމުގެ ހަރަކާތެކެ.
މިއަދު ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ޕާކުގައި މި ހަރަކާތް ކުރިއަށް ގެންދާއިރު މާދަމާ ސެންޓްރަލް ޕާކްގައިވެސް މި ހަރަކާތް އޮންނާނެއެވެ. މި ދެ ދުވަހުވެސް ހަރަކާތް ކުރިއަށްދާނީ ހަވީރު 4:00 އިން 6:00 އަށެވެ. މި ސެޝަނަށް ވަޑައިގަންނަވާއިރު އީފާސް އެކައުންޓްގެ ވެރިފަރާތުން އެފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު ގެންދިޔުމުން ހެލްޕްޑެސްކް ޓީމުން އީފާސް ރަޖިސްޓްރީ ކުރުމާއި، ފޭސް ވެރިފިކޭޝަން ހެދުމުގެ އިތުރުން، އެކައުންޓާ ގުޅުންހުރި ސުވާލުތަކާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އީފާސްއާ ބެހޭ މަޢުލޫމާތު ހޯދުމަށާއި، ޑިޖިޓަލް ޚިދުމަތްތައް ހޯދުމަށް އީފާސް ބޭނުންކުރާނެ ގޮތް ދަސްކުރުމުގެ ފުރުސަތު ވެސް އާންމުންނަށް މި ސެޝަންތަކުން ލިބިގެންދާނެއެވެ. ޑީމެޑް ޕްރޮޖެކްޓް އަދި މޯލްޑިވްސް ޑިޖިޓަލް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ދެ ހަރަކާތް ވަނީ 19 އޯގަސްޓް ގައި ކުޅުދުއްފުށި ސިޓީގައި އަދި 9 ސެޕްޓެމްބަރ ގައި ދ. ކުޑަހުވަދޫގައި ބާއްވާފައެވެ.
އީފާސް އަކީ ރައްޔިތުންގެ ޑިޖިޓަލް އައިޑެންޓިޓީ ކަށަވަރުކުރުމަށާއި، އާންމު ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ފަސޭހަ އަދި ރައްކާތެރި މަގެއް ފަހިކޮށްދޭ ޑިޖިޓަލް ރާއްޖޭގެ ތަޅުދަނޑިއެވެ. މޯލްޑިވްސް ޑިޖިޓަލް ސަރވިސަސް އިން ތަރައްޤީކޮށް ބަލަހައްޓަމުން އަންނަ މި ޕްލެޓްފޯމަކީ، އާންމު ރައްޔިތުން ޑިޖިޓަލް ޚިދުމަތްތަކާ ގުޅުވައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ނިޒާމެކެވެ.

ކިޔުންތެރިންގެ ހިޔާލު