ހުޅުމާލޭގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރެންޓް އަދި ޓޭކްއަވޭ ފިހާރަތަކުގެ ބޭރުގައި، ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ގޮނޑިއާއި މޭޒު ފަދަ ތަކެތި ނެގުމަށާއި، ހުއްދަ ނުނަގައި ކާބޯތަކެތި ވިއްކުން ހުއްޓާލުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގައި ވިޔަފާރިކުރާ ތަންތަނުގެ ބޭރުގައިވާ ދުވާރުމައްޗާއި ހެޖުތެރޭގައި ގަވާއިދާ ޚިލާފަށް ގޮނޑި، މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމަކީ މަނާކަމެއްކަން ކުރިންވެސް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް، އެ އެންގުމާ ޚިލާފަށް ބައެއް ފަރާތްތަކުން އަދިވެސް އެފަދަ ތަކެތި ނަގާފައިނުވާކަން އެ ކޯޕަރޭޝަނަށް ވަނީ ފާހަގަކޮށްފައެވެ.
މިކަމާ ގުޅިގެން، ހުޅުމާލޭގެ މަގުތަކާއި ހެޖުތަކުގައި ގަވާއިދާ ޚިލާފަށް ހުރި ތަކެތި ނަގައި އެކަންކަން އިޞްލާޙުކުރުމަށް 08 ނޮވެމްބަރު 2026 ގެ ނިޔަލަށް އެޗްޑީސީން މިހާރު ވަނީ ފުރުޞަތު ދީފައެވެ. މީގެއިތުރުން، ކާބޯތަކެތި ވިއްކުމުގެ ޞައްޙަ ހުއްދަ ނުނަގައި ހުޅުމާލޭގައި ކެފޭ އަދި ހޮޓާ ފަދަ ތަންތަން ހިންގަމުންދާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް އެ ހުއްދަތައް ނެގުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޑީސީން ބުނީ، ދީފައިވާ މުއްދަތު ހަމަވުމަށްފަހު ގަވާއިދާ ޚިލާފަށް ހިންގާ ތަންތަނާމެދު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އާއި ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ޤާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ. އަދި އެފަދަ ފިޔަވަޅުތައް އެޅުމުގެ ތެރޭގައި އެއްވެސް މުދަލަކަށް ލިބިދާނެ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންގެ ފަރާތުން އެ ކޯޕަރޭޝަނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެޗްޑީސީން ވަނީ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. މި ފިޔަވަޅުތަކަކީ ހުޅުމާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރި، އަދި ތަރުތީބުވެފައިވާ ތަނަކަށް ހެދުމުގެ މަޤްޞަދުގައި އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު