އައްޑޫސިޓީ މަރަދޫ، މިސްކިތެއް
އައްޑޫސިޓީ މަރަދޫ، މިސްކިތެއް
ހަތަރު ރަށެއްގައި މިސްކިތް ބިނާކުރަން އަލުން ބީލަމަށް ހުޅުވާލައިފިއެވެ.

ތ. އޮމަދޫ، ލ. ކަލައިދޫ، ގދ. ފަރެސްމާތޮޑާ، ގދ. މަޑަވެލީގައި މިސްކިތް ބިނާކުރަން މިދިޔަ މަހު އޮތީ ބީލަމަށް ހުޅުވާލައިފައެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ކުރީ އިއުލާންތައް ބާތިލުކޮށް އެ ރަށްރަށުގައި މިސްކިތްތައް އަޅަން އަލުން ބީލަމަށް ހުޅުވާލައިފައިވާ ކަމަށެވެ.

އަދި އެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 22އާާ ހަމައަށް މިހާރު ހުޅުވާލައިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތަށް ބީލަން ހުށަހަޅާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި ވެސް ފައިސާ ބަހައްޓަން ޖެހޭނެއެވެ.

އެކި ރަށްރަށުގައި މިސްކިތްތައް ބިނާކުރުމުގެ މަޝްރޫއުތައް މިހާރު ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި ރާއްޖޭޣައި އަޅާ އެންމެ ބޮޑު މިސްކިތުގެ ބިންގާ ހުޅުމާލޭގައި ދާދި ފަހުން ވަނީ އަޅައިފައެވެ.



ކިޔުންތެރިންގެ ހިޔާލު