ލީބިޔާގެ ކުރީގެ ޒައީމް މުޢައްއްމަރު އަލް ގައްދާފީގެ ދަރިކަނބަލުން އާއިޝާ ގައްދާފީ
ލީބިޔާގެ ކުރީގެ ޒައީމް މުޢައްއްމަރު އަލް ގައްދާފީގެ ދަރިކަނބަލުން އާއިޝާ ގައްދާފީ
ލީބިޔާގެ ކުރީގެ ޒައީމް މުޢައްއްމަރު އަލް ގައްދާފީގެ ދަރިކަނބަލުން އާއިޝާ ގައްދާފީއަކީ ޤާނޫނީ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވައިގެން ހުންނެވި ވަކީލެކެވެ.

އެކަމަނާ ވަނީ 2004 ވަނަ އަހަރު ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ދިފާއީ ވަކީލުންގެ ޓީމުގައި އިސްކޮށް މަސައްކަތް ކުރައްވާފައެވެ.

މީގެއިތުރުން، ލީބިޔާގެ ސިފައިންގެ އިދާރާއާއި ދިޕްލޮމެޓިކް ދާއިރާގައިވެސް އާއިޝާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ނަމަވެސް، 2011 ވަނަ އަހަރު ލީބިޔާގައި ހިނގައިދިޔަ ދާޚިލީ ހަމަނުޖެހުންތަކުގެ ތެރޭގައި އެކަމަނާގެ ފިރިކަލުންނާއި ދެ ދަރިކަލުން އަވަހާރަވުމާ ގުޅިގެން، ފުރަތަމަ އަލްޖީރިއާއަށް ވަޑައިގަތުމަށްފަހު ފަހުން ވަނީ އޯމާންއިން ސިޔާސީ ޙިމާޔަތް ހޯއްދަވާފައެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އާއިޝާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓުން 2021 ވަނަ އަހަރު އެކަމަނާ ވަނީ އުނިކޮށްފައެވެ.

އޭގެފަހުން، އެކަމަނާގެ އާއިލާގެ ހަނދާންތައް އާކުރުމުގެ ގޮތުން ރަޝިޔާގެ މޮސްކޯގައި ކުރެހުމުގެ މައުރަޒެއް ވަނީ ބާއްވަވާފައެވެ.

އަދި އެކަމަނާގެ ބޭބެ އަވަހާރަވުމާ ގުޅިގެން، ގައްދާފީގެ ސަރުކާރަށް ތާއީދުކުރި ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން އާއިޝާއަށް ލިބެމުންދާ ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު