ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
މިހާރު ނ. ކެނދިކުޅުދޫގައި އަޅަމުންދާ ހޮސްޕިޓަލުން އަންނަ އަހަރު ހިދުމަތް ލިބޭނެކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިރޭ ވިދާޅުވެއްޖެއެވެ.

ނ. ވެލިދޫ ސިއްހީ މަރުކަޒައް 25 އަހަރު ފުރުން ފާހަގަކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކެނދިކުޅުދޫ ހޮސްޕިޓަލުގެ އިމާރާތުގައި މަސައްކަތް ނިންމައި އަންނަ އަހަރު ހިދުމަތް ދޭން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.

ނަމަވެސް ހޮސްޕިޓަލުން ހިދުމަތް ދޭން ފަށާނެ ތާރީހެއް އޭނާ ވިދާޅެއް ނުވެއެވެ.

ނ، އަތޮޅުގައި އާބާދީ ބޮޑު އެއް ރަށް ކަމަށްވާ ކެނދިކުޅުދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން ހަވާލުކުރީ ނިމިގެން ދިޔަ ސަރުކާރު ނިމެން އުޅެނިކޮށެވެ. އަދި އެ މަޝްރޫއުގެ ބިންގާ ވެސް އެޅިއެވެ.

ނަމަވެސް މި ސަރުކާރުން ބުނީ ކުރީ ސަރުކާރަށް އެ މަޝްރޫއުއަށް ފައިސާ ހަމަޖައްސައި ނުދެވުނު ކަމަށާއި އެ މަޝްރޫއުއަށް ފައިސާ ހަމަޖެއްސީ މި ސަރުކާރުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު