މިދިޔަ ހޮނިހިރު ދުވަހު އަވަހާރަވި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު އަދި ގާނޫނީ ވަކީލު އަލްއުސްތާޛާ ފާތިމަތު ސައުސަންގެ ޖަނާޒާ، މާދަމާ ރޭގެ ޢިޝާ ނަމާދަށްފަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަލްއުސްތާޛާ ފާތިމަތު ސައުސަން އަވަހާރަވީ ބޭސްފަރުވާއަކަށް އިންޑިއާގައި ހުންނަވަނިކޮށެވެ. ނަމަވެސް، އަވަހާރަވި ސަބަބާ ގުޅޭ އިތުރު ތަފުސީލެއް އަދި ލިބިފައެއް ނުވެއެވެ.
ކަށުނަމާދު ޕޭޖުން ހާމަކޮށްފައިވާ ގޮތުގައި، މާދަމާ ހަވީރު 17:00 އިން ފެށިގެން ޢިޝާ ނަމާދާ ހަމައަށް އާ ސަހަރާ މިސްކިތުގައި މޫނުދެއްކުން އޮންނާނެއެވެ. އަދި ކަށުނަމާދު ކުރުން އޮންނާނީ ޢިޝާ ނަމާދަށްފަހު އާ ސަހަރާ މިސްކިތުގައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނަށް ޚާއްޞަ މެންބަރެއްގެ ގޮތުގައި ފާތިމަތު ސައުސަން އެ މަގާމަށް އައްޔަންކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު