ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް އަހްމަދު މަމްދޫހު އައްޔަނުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް އަހްމަދު މަމްދޫހު އައްޔަނުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގ. މާލެ، އަޙްމަދު މަމްދޫހު އައްޔަނުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތެއްގައި، މަމްދޫހް ވަނީ މަޤާމުގެ ހުވައި ކުރައްވާފައެވެ. އޭނާއަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ. ހުވައިކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މަމްދޫހަށް މަޤާމުގެ އައްޔަންކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަޤާމަށް އަލަށް އައްޔަންކުރެވުނު އަޙްމަދު މަމްދޫހަކީ ތަޢުލީމީ ގޮތުން ބަލާއިރު، ސްރީލަންކާގެ ޔުނިވާސިޓީ އޮފް ކެލަނިޔާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މަމްދޫހަކީ މީގެ ކުރިންވެސް ސަރުކާރުގެ މަތީ މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުކަން އޭނާ ކުރައްވާފައިވެއެވެ.

މީގެ އިތުރުން، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމާއި، އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ. މި މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ބައެއް މަޝްރޫޢުތަކުގެ ކޮންސަލްޓަންޓެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު