ވަގުފާބެހޭ ޤާނޫނު އެކުލަވައިލުމަށްޓަކައި އެކަމާ ގުޅޭ ބިލު މުރާޖަޢާކޮށްދޭނެ ކޮންސަލްޓެންޓެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިޢުލާނުކޮށްފިއެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި، އެ މިނިސްޓްރީން މިއަދު ކުރި އިޢުލާނުގައިވާ ގޮތުން، މި މަހުގެ 25 ވާ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީވުމުގެ ފުރުޞަތު ވަނީ ހަމަޖައްސައިދީފައެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި މި މަސައްކަތާ ޙަވާލުވާ ފަރާތަކީ ދީނީ ދާއިރާއިން ނުވަތަ އިސްލާމިކް ފައިނޭންސްގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ވެސް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
ވަގުފާބެހޭ ޚާއްޞަ ޤާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާކަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރެއްވީ ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
މިނިސްޓަރު އޭރު ވިދާޅުވެފައިވަނީ، މި ޤާނޫނު ފަރުމާކުރެވެމުންދަނީ ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކަށް ވެސް ވަޤުފް ޢިމާރާތްތައް ބިނާކުރުމުގެ ފުރުޞަތު ފަހިވާނޭ ފަދަ ގޮތަކަށެވެ. މީގެއިތުރުން، އިސްލާމީ ވަޤުފް ފަންޑަކީ އަހަރަކު 100 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭ ވަރުގަދަ ފަންޑަކަށް ހެއްދެވުމަކީ އަމާޒެއް ކަމުގައި ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު