އުމްރާއަށް ބަޔަކު ފުރަނީ--
އުމްރާއަށް ބަޔަކު ފުރަނީ--
އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނެގުމަށްފަހު، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ މި މައްސަލައަކީ އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: C-0075/2019) އިން އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވިގެން ހުށަހެޅުނު މައްސަލައެއް ކަމަށެވެ. މި މައްސަލަ ފުލުހުންގެ ހިދުމަތަށް ރަސްމީކޮށް ހުށަހަޅާފައިވަނީ 2026 ޖުލައި 16 ވަނަ ދުވަހުއެވެ.

ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، އަސްކޮއެ ޓްރެވަލް ސަރވިސަސްގެ ހަވާލުގައި އުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި ޖުމްލަ 109 މީހަކު ވަނީ ފައިސާ ދައްކާފައެވެ. އަދި އެ މީހުން ދެއްކި ފައިސާއަށް އެ ކުންފުނިން ހިޔާނާތްތެރިވެފައިވާކަން ތަހުގީގަށް ވަނީ އެނގިފައެވެ. މިގޮތުން ހިޔާނާތްތެރިވި ފައިސާގެ ޖުމްލަ އަދަދު 2،660،300ރ. (ދެ މިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގު ނިންމައި، ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2026 ނޮވެމްބަރު 18 ވަނަ ދުވަހުއެވެ.

މަކަރާއި ހީލަތުން އުމްރާއަށް ގެންދާނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ނަގާ މިފަދަ މައްސަލަތައް ފާހަގަކުރެވެމުންދާތީ، އުމްރާ ދަތުރުތައް އިންތިޒާމުކުރާ ފަރާތްތަކުގެ އިތުބާރު ބެލުމަށްފަހު މެނުވީ މާލީ މުއާމަލާތްތައް ނުހިންގުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު