ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް ޝުއައިބް ޔޫސުފް މިއަދު އައްޔަން ކުރަށްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ޝުއައިބް އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ކަމަށެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުން އައްޔަންކުރުމާއި، އެ މެންބަރުން މަގާމުން ވަކިކުރުމުގެ އިހްތިޔާރާއި ބާރު ގާނޫނީ ގޮތުން ލިބިދީފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށެވެ.
އެ ރަސްމިއްޔާތުގައި ޝުއައިބް ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވާ ކުރަށްވާފައެވެ. އޭނާއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.
ޝުއައިބް ވަނީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަ ޖެނެރަލްކަން ހިމެނޭ ގޮތަށް، އެ ކޮމިޝަނުގައި އެކި މަގާމުތައް ފުރުއްވާފައެވެ. ނަމަވެސް، 2016 ވަނަ އަހަރު އޭނާ ވަނީ ޑިރެކްޓަ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ރައީސާއި ނައިބު ރައީސް ހިމެނޭ ގޮތަށް ޖުމްލަ އަށް މެންބަރުން ތިއްބަވައެވެ. ދާދިފަހުން އަމްޖަދު މުސްތަފާ ވަނީ ޓްރައިބިއުނަލްގެ ރައީސްކަމަށް އައްޔަން ކުރަށްވާފައެވެ. އަދި، ނައިބު ރައީސްކަމަށް، އަހްމަދު މަމްދޫހް ވަނީ އައްޔަން ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު