ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ ތެރެއިން 6،746 މައްސަލައަކަށް ދާއިމީ ހައްލު ހޯދައިދީފިއެވެ.
އެފްޑީސީން މިއަދު ބުނެފައިވަނީ، އެ ކޯޕަރޭޝަންގެ ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖްމަންޓް (ސީއާރުއެމް) ސިސްޓަމާއި، ފަހި ޕޯޓަލް، އީމެއިލް އަދި ރިސެޕްޝަން މެދުވެރިކޮށް އާންމުންގެ ފަރާތުން ޖުމްލަ 7،749 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި ހިނގާ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް، އޭގެ ތެރެއިން 6،746 މައްސަލައަކަށް އެކަށީގެންވާ ދާއިމީ ހައްލެއް ވަނީ ހޯދައިދެވިފައެވެ.
އެ ކޯޕަރޭޝަނުން ބުނީ، ޢާންމުކޮށް ރައްޔިތުންގެ ފަރާތުން ހުށަހަޅާފައިވަނީ މެއިންޓެނަންސްއާ ގުޅުންހުރި ކަންކަމާއި ފެން ލީކުވުން ފަދަ ޓެކްނިކަލް މައްސަލަތައް ކަމަށެވެ. މީގެ އިތުރުން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމާއި މަޢުލޫމާތު އަދާހަމަކުރުމާ ގުޅޭ ކަންކަމުގެ އިތުރުން، ޔުނިޓުތަކަށް ގެންނަން އެދޭ ބަދަލުތަކާއި، ޓަވަރުތަކުގެ ޢާންމު ސަރަޙައްދުތަކާއި ލިފްޓުތަކުގެ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ވެސް ގިނަ ޚިޔާލުތަކެއް ވަނީ ލިބިފައެވެ.
އެފްޑީސީން ވަނީ، މިހާރު ހައްލުނުކުރެވި ބާކީ ހުރި 733 މައްސަލަ ވީއެންމެ އަވަހަކަށް ނިންމުމަށްޓަކައި އެ ކޯޕަރޭޝަންގެ ފަންނީ ޓީމުތަކުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައެވެ.
އެ ކޯޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުވާނެ ފަދަ އަމާން، ފަސޭހަ ވެއްޓެއް ޤާއިމުކޮށްދިނުން ކަމަށް އެފްޑީސީން ފާހަގަކުރެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ ފަރާތުން ލިބޭ ކޮންމެ ހުށަހެޅުމަކަށް އަވަސް އަދި ހަރުދަނާ ޙައްލެއް ހޯދައިދިނުމުގައި އެ ކޯޕަރޭޝަން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.
ހުޅުމާލެ ފޭސް ދޭއްގައި އެފްޑީސީން ކުރިއަށްގެންދާ "އަމާން ދޯދި" އަދި "އަމާން އުދަރެސް" މަޝްރޫޢުގެ ދަށުން 32 ޓަވަރުގައި 4،000 ފްލެޓް ވަނީ ތަރައްގީކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު