ރިއަލް އެސްޓޭޓް ދާއިރާ ހަރުދަނާކޮށް ރެގިއުލޭޓް ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ހިޔާލު ވެސް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި އެގޮތަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ. ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ ތާޢީދުކުރެއްވި އެ ހުށަހެޅުން ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ޝުޖާއު މިއަދު ވިދާޅުވީ، ޕާޓީތަކާއި ޖަމިއްުޔާ ޖަމާއަތްތަކުން މަޖިލީހަށް ލިއުމުން ހުށަހަޅަން ޖެހޭނީ ބިލަށް ހުށަހަޅާ ހިޔާލު ނޫން ކަމަށެވެ. އޭގެ ބަދަލުގައި ޚިޔާލު ހުށައަޅަން އެދޭ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތައް ކޮމިޓީއަށް ހާޒިރުވެ، ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޓީން މީގެ ކުރިން ވަނީ، މި ބިލާމެދު އާއްމުންގެ ހިޔާލު ހުށަހެޅުމަށް ދެ ހަފުތާގެ މުއްދަތެއް ދިނުމަށް ވެސް ފާސްކޮށްފައެވެ. އެގޮތުން އަންނަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ބިލަށް ކޮމެންޓް ކުރުމުގެ ފުރުސަތު އާއްމުންނަށް ވަނީ ހުޅުވާލައިފައެވެ. މީގެއިތުރުން، އެ މުއްދަތުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީ، ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ހިޔާލު ވެސް ކޮމިޓީން ހޯދުމަށް ވަނީ ހަމަޖެހިފައެވެ. ކޮމިޓީން އަމާޒު ހިފާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް މި ބިލުގެ މަސައްކަތް އެއްކޮށް ނިންމުމަށެވެ.
ދިވެހިރާއްޖޭގައި ރިއަލް އެސްޓޭޓް ދާއިރާ ދެފުށް ފެންނަ، ހަރުދަނާ ނިޒާމެއްގެ ތެރެއިން ހިންގުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ މި ބިލުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އަނިޔާވެރި އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ރާއްޖޭގެ ރިއަލް އެސްޓޭޓް ޒޯނަކުން އެއްވެސް ބާވަތެއްގެ ޕްރޮޕަޓީއެއް މިލްކުކުރުމުގެ ފުރުޞަތު އެއްކޮށް ބަންދުކުރުމެވެ. އެގޮތުން، ރާއްޖެއިން މުދަލެއް ގަންނަން ހުށަހަޅާ ކޮންމެ ފަރާތެއްގެ ޤައުމިއްޔަތު ވަރަށް ރަނގަޅަށް ބަލައި ޔަޤީންކުރުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށާއި ޑިވެލޮޕަރުންނަށް މި ބިލު މެދުވެރިކޮށް ވަނީ ލާޒިމުކޮށްފައެވެ.
މި ދާއިރާއާ ގުޅޭ މުހިންމު ސިޔާސަތުތައް އެކުލަވައިލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާއިރު، އެ ސިޔާސަތުތައް ތަންފީޒުކުރުމަށް "ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީ"ގެ ނަމުގައި ޚާއްޞަ މުއައްސަސާއެއް އުފެއްދުމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ. އަލަށް އުފައްދާ މި އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި، ބްރޯކަރުންނާއި އެޖެންޓުންނަށް ލައިސެންސް ދޫކުރުމާއި، މަޝްރޫޢުތައް ރަޖިސްޓްރީކުރުމާއި، ކަނޑައެޅޭ މިންގަނޑުތަކަށް މަސައްކަތް ކުރިއަށްދާކަން މޮނިޓަރ ކުރުމުގެ އިތުރުން މުދަލުގެ ރަޖިސްޓްރީއާއި ދަފުތަރު ބެލެހެއްޓުން ހިމެނެއެވެ.
މީގެއިތުރުން، މި ދާއިރާގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޕްރޮޕަޓީ ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރަން ޖެހޭނީ ރާއްޖޭގެ ބޭންކެއްގައި ހުޅުވާ އެސްކްރޯ އެކައުންޓަކަށް ކަމަށާއި، މަޝްރޫޢު ހިންގާ މަރުޙަލާގައި ވެސް ޕްރޮޖެކްޓަށް ޚާއްޞަ އެކައުންޓެއް ރާއްޖޭގެ ބޭންކެއްގައި ޤާއިމުކުރަން ބިލުން ވަނީ ލާޒިމުކޮށްފައެވެ. އަދި މިފަދަ ތަންތަން ކުއްޔަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައިވާއިރު، ޕްރޮޕަޓީތައް ވިއްކައިގެންނާއި ކުއްޔަށް ދީގެން ލިބޭ އާމްދަނީގެ މަދުވެގެން 10 އިންސައްތަ ދަޢުލަތަށް ދައްކަންޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ވަކި ޤައުމެއްގެ ނުފޫޒު ގަދަވުން (ސިންގަލް ނޭޝަނަލިޓީ ކޮންސެންޓްރޭޝަން) ހުއްޓުވުމުގެ ގޮތުން ވަކި އެއް ޤައުމެއްގެ ބަޔަކަށް އެއް ޒޯނަކުން މިލްކުކުރެވޭނީ ޕްރޮޕަޓީތަކުގެ އެންމެ ގިނަވެގެން 25 އިންސައްތަކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ އެއްވެސް ޒޯނެއްގައި މާތްވެގެންވާ އިސްލާމްދީނާ ޚިލާފު އެއްވެސް ޢަމަލެއް ނުވަތަ ޙަރަކާތެއް ހިންގުމަކީ ކަނޑައެޅިގެން މަނާކަމެއްގެ ގޮތުގައި ވަނީ ހިމަނާފައެވެ.
މި ބިލުގައި އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުތަކާ ގުޅޭގޮތުން ހަރުކަށި ޝަރުޠުތަކެއް ކަނޑައަޅާފައިވާއިރު، އެފަދަ ޒޯނެއް ތަރައްޤީކުރެވޭނީ މަދުވެގެން އެކެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓަކާ އެކު، އެންމެ ކުޑަމިނުން 200 ހެކްޓަރު ހުންނަ ސަރަޙައްދުތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު