އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައިލެވެލް ހަފުތާގެ ހަވާސާގައި، ދިވެހިރާއްޖެއާއި ކްރޮއޭޝިއާއާ ދެމެދު ސިޔާސީ ގޮތުން މަޝްވަރާކުރުމާ ގުޅޭ ފަހުމުނާމާ (މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަންސް) އެއްގައި އެމެރިކާގެ ނިއުޔޯކުގައި މިއަދު ސޮއިކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމެވެ. އަދި ކްރޮއޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެންޑް ޔޫރަޕިއަން އެފެއާޒް، ހިޒް އެކްސަލެންސީ ގަރލިޗް ރަޑްމެންއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ ދެމެދުގައި ބޭއްވުނު ރަސްމީ ބައްދަލުވުމަކަށްފަހުގައެވެ.
މި ފަހުމުނާމާގެ ސަބަބުން ދިވެހިރާއްޖެއާއި ކްރޮއޭޝިއާއާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމަށް ލާބަޔާއި މަންފާ ލިބެނިވި ދާއިރާތަކުން ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިވެގެންދާނެއެވެ. މީގެއިތުރުން، މިއީ ދެ ޤައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް ދެ ފަރާތުން ދޭ އަހައްމިއްޔަތުކަމާއި ތައްޔާރީތައް ރަމްޒުކޮށްދޭ ކަމެކެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ވަޒީރުން ވަނީ ބައިނަލްއަޤްވާމީ މަސްރަޙުގައި ގުޅުން ބަދަހިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން އިޤްތިޞާދީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދެ ބޭފުޅުން ވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު