އެކުވެރި ދައުލަތްތަކުގެ (ޔޫ.އެން) 81 ވަނަ ޢާންމު މަޖިލީހުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން، ޤައުމީ ބަޔާން އިއްވަވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.
އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ މި ޖަލްސާގައި ރާއްޖެ ތަމްސީލުކުރެއްވުމަށް ނައިބު ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅަކީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 20 އިން 26 ގެ ނިޔަލަށް ކުރިއަށްގެންދަވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން، ސެޕްޓެމްބަރު 22 ވީ އަންގާރަ ދުވަހު ބޭއްވި ޢާންމު މަޖިލީހުގެ ބަހުސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ޢާންމު ބަހުސްގައި ޤައުމީ ބަޔާން އިއްވެވުމުގެ އިތުރުން، ސެޕްޓެމްބަރު 24 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭ މަތީ ފަންތީގެ ބައްދަލުވުމުގައިވެސް ނައިބު ރައީސް ތަޤުރީރު ކުރައްވާނެއެވެ.
ޢާންމު މަޖިލީހުގެ ހަވާސާގައި ޔޫ.އެންގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޝްއާ ބައްދަލުކުރައްވައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ކުރިމަތިވެފައިވާ މޫސުމީ ނުރައްކާތަކުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ރާއްޖޭގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ޤައުމުތަކުގެ ދަރަނި އަދާކުރުމުގައި ދިމާވާ ދަތިތަކަށް ލުއިގޮތްތަކެއް ހޯދުމާއި، "އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސިޑްސް" (އޭބީއޭއެސް) ފުރިހަމައަށް ތަންފީޒުކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ތާއީދުކުރާ މިންވަރު ހާމަކުރެއްވުމާއެކު، ޔޫ.އެންގެ މުއައްސަސާތައް އިޞްލާޙުކުރުމުގައި ރާއްޖެއިން އެންމެ އިސްކަންދޭ ކަންކަމުގެ ތަފްޞީލު ނައިބު ރައީސް ވަނީ ޙިއްޞާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު