ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު ހަކަތައާއި، ފެނާއި އަދި ކުނި މެނޭޖުކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ވަޒީރު ޢަލީ ޝަރީފް، ރާއްޖޭގައި ހުންނަވާ ޔޫއޭއީ އެމްބަސީގެ ޗާޖޭ ޑި އެފެއާޒް ހަރ އެކްސެލެންސީ ހިބާ އަލް ޖުނައިބީއާ ބައްދަލުކުރައްވައި ބޭއްވެވި ރަސްމީ ބައްދަލުވުމުގައެވެ.
މި ބައްދަލުކުރެއްވުމުގެ މައިގަނޑު އަމާޒަކީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޔޫއޭއީގެ 'މަސްދަރު' ކުންފުންޏާއެކު ގުޅިގެން ރާއްޖޭގައި މަސައްކަތް ކުރެވިދާނެ ދާއިރާތައް ދެނެގަތުމެވެ. އެގޮތުން، އިއާދަކުރަނިވި ހަކަތަ އުފެއްދުން އިތުރުކުރުމުގެ އިތުރުން، ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް) ގާއިމުކުރުމާއި، ރާއްޖޭގެ ކަރަންޓު ވިއުގަ (ގްރިޑް) ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.
މީގެ އިތުރުން، ކުނިން ހަކަތަ އުފެއްދުމުގެ (ވޭސްޓް-ޓޫ-އެނާޖީ) މަޝްރޫޢުތައް ފުޅާކުރުމާއި، ރާއްޖޭގެ ފެނާއި ނަރުދަމާގެ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ. އަދި މި ދާއިރާތަކުން ދިވެހި ފަންނީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ (ކެޕޭސިޓީ ބިލްޑިންގ) މުހިންމުކަމަށް މި ބައްދަލުވުމުގައި އަލިއަޅުއްވާލެއްވިއެވެ.
ސަރުކާރުން ތިމާވެއްޓާއި ހަކަތައިގެ ދާއިރާ ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ އެހީތެރިކަން ލިބެމުންދާއިރު، މި މަޝްވަރާތަކުގެ ސަބަބުން ރާއްޖެއާއި ޔޫއޭއީގެ މެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު