ދައުލަތުގެ ހަރުމުދާ ވިއްކުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާ ވިއްކުން (ޕްރައިވަޓައިޒޭޝަން) ފަދަ ކަންކަން ހިންގަންވާނީ ދެފުށް ފެންނަ ފުރިހަމަ ބީލަމުގެ ނިޒާމެއްގެ ތެރެއިން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ހުޅުލެ އެއާޕޯޓް) 25 އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ބަޔަކާ ހަވާލުކުރީ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) މެދުވެރިކޮށް ހިންގުނު ދެފުށް ފެންނަ ދެފާތު ބީލަމުގެ އުސޫލުން ކަމަށެވެ.
މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެ ބީލަން ކާމިޔާބުކުރި އިންޑިއާގެ ޖީއެމްއާރު ކުންފުނިން އެއްބަސްވުމުގެ ދަށުން ދިވެހި ދައުލަތަށް ވަގުތުން 78 މިލިއަން އެމެރިކާ ޑޮލަރު ދައްކާފައިވާ ކަމަށެވެ. ދައުލަތުގެ މާލީ ކަންކަމާއި ޕްރައިވަޓައިޒޭޝަން ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިފަދަ ބޮޑެތި މުއާމަލާތްތައް ހިންގުމުގައި ހާމަކަން ބޮޑު، ދެފުށް ފެންނަ ނިޒާމެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން އިއްޔެ ސޮއިކުރި ރަސްމާލޭގައި ވޯޓާފްރަންޓެއް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ރަނގަޅު ކަމެއްކަން ރައީސް ނަޝީދު ވަނީ ފާހަގަ ކުރަށްވާފައެވެ. ނަމަވެސް ރާއްޖެ މިހާރު ވެއްޓިފައިވާ މާލީ އަނދަވަޅުން އަރައިގަތުމަށް އެމަޝްރޫޢަކީ އެއްވެސް އެހީއަކަށް ނުވާނެ ކަމަށާއި، މިހާރުގެ ޙާލަތުން އަރައިގަތުމާ އެމަޝްރޫޢުއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ޕްރައިވަޓައިޒް ކުރުމަކީ ނުވަތަ ދައުލަތުގެ ހަރުމުދާ ވިއްކުމަކީ މި ދަނޑިވަޅުގައި އެޅިދާނެ ރަނގަޅު ފިޔަވަޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.ހަމައެއާއެކު ރައީސް ނަޝީދު ވިދާޅުވީ، ރަސްމާލޭގެ މަޝްރޫޢުގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް އަދި ރަނގަޅަށް ދިޔަ ކަމުގައި ވިޔަސް، އެ ތަނުން ދައުލަތަށް އެއްވެސް މާލީ ފައިދާއެއް ލިބެން ފަށާނީ މަދުވެގެން ދެ އަހަރު ފަހުން ކަމަށެވެ.
އެހެންކަމުން، ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ހާލަތަށް ބަލާއިރު މިވަގުތަށް އެންމެ މުހިންމީ ވަގުތުން ދައުލަތަށް ފައިސާ ލިބޭނެ ގޮތްތަކެއް ހޯދުން ކަމަށާއި، އެގޮތުން ދައުލަތުގެ ހަރުމުދަލެއް ވިއްކައިގެން ނަމަވެސް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން މާ މުހިންމު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު