(އދ.) ގެ ސެކްރެޓަރީ ޖެނެރަލް، ދިވެހިރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފާ ބައްދަލުކުރެއްވުމުގެ ތެރެއިން
(އދ.) ގެ ސެކްރެޓަރީ ޖެނެރަލް، ދިވެހިރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފާ ބައްދަލުކުރެއްވުމުގެ ތެރެއިން
އެކުވެރި ދައުލަތްތައް (އދ.) ގެ ސެކްރެޓަރީ ޖެނެރަލް، ދިވެހިރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ސެކްރެޓަރީ ޖެނެރަލް ވަނީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި އދ. އިން އެއްބާރުލުން ދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަދި ދުނިޔޭގެ ފެންވަރުގައި މޫސުމީ ހަރަކާތްތައް ވަރުގަދަކުރުމަށްޓަކައި މަތީ ފެންވަރެއްގައި ވަކާލާތު ކުރުމަށް އދ. އިން މަސައްކަތް ކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ސަރަހައްދީ ގޮތުންނާއި ދުނިޔޭގެ ފެންވަރުގައި ހިނގަމުންދާ ނުރައްކާތެރި ހާދިސާތަކާ މެދު ސެކްރެޓަރީ ޖެނެރަލް އާއި ނައިބު ރައީސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.

އެގޮތުން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި ހިނގަމުންދާ ކަންބޮޑުވާންޖެހޭ ހާލަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.



ކިޔުންތެރިންގެ ހިޔާލު