ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާފްރަންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭ ގޮތަށް، ޖުމްލަ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކައިނުލާ ކަމުގެ ޔަޤީންކަން ފިނޭންސް މިނިސްޓަރު މުޙައްމަދު ޒަރީރު ދެއްވައިފިއެވެ.
ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، އީގަލް ހިލްސްއާއެކު ސޮއިކުރެވުނު އެއްބަސްވުމަކީ ރާއްޖޭގައި މިހާރު ވެސް ފަތުރުވެރިކަމުގެ ދާއިރާގައި ރަށްރަށް 99 އަހަރަށް ކުއްޔަށް ދޫކުރާ އުޞޫލުން ހަމަޖެހިފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި މިފަދަ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި މިހާރު ވެސް ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ރާއްޖޭގައި ވަރަށް ގިނަ އިންވެސްޓަރުން އެތައް ޕްރޮޕަޓީއެއް މިހާރު ވެސް ތަރައްޤީކޮށް ހިންގަމުން އެބަގެންދޭ. އޭގެ ތެރޭގައި 200 އާއި 300 މިލިއަން ޑޮލަރުގެ އަގުހުރި ރިސޯޓުތައް ވެސް ހިމެނޭ. އެ ތަންތަން ވެސް ތަރައްޤީ ކުރެވެމުންދަނީ ރާއްޖޭގެ ޤާނޫނީ އިމުގެ ތެރެއިން، ގާތްގަނޑަކަށް 99 އަހަރަށް ކުއްޔަށް ދޫކޮށްގެން. މި މަޝްރޫޢަކީ ވެސް ހަމަ އެ އުޞޫލުން ކުރިއަށްދާ ކަމެއް. އެއްވެސް ޙާލެއްގައި މިއީ ރާއްޖޭގެ އެންމެ ބިންކޮޅެއް ވެސް ވިއްކާލެވޭނެ ގޮތަށް އެކުލަވާލާފައިވާ އެއްބަސްވުމެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ފަސްގަނޑުން އެންމެ އަކަފޫޓެއް ވެސް ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކައިނުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު އެގޮތުގައި ދަމަހައްޓަވާނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ ހުރިހާ ތަނެއްގެ ފުރިހަމަ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ދައުލަތަށް ކަމަށާއި، ޑިވެލޮޕަރަށް ލިބިގެންދާނީ ފަތުރުވެރިކަމުގެ އެހެން މަޝްރޫޢުތަކެކޭ އެއްފަދައިން ހަމައެކަނި "ލީސް ރައިޓްސް" (ކުއްޔަށް ހިފުމުގެ ޙައްޤު) ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ރަސްމާލޭގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ދަށުން ތިން ރިސޯޓާއި ޒަމާނީ މެރީނާއެއްގެ އިތުރުން ފުޅާ ދާއިރާއެއްގައި ޚިދުމަތްތައް ޤާއިމުކުރެވިގެންދާނެ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ހުރިހާ ވަސީލަތްތަކަކުން ވެސް އިންވެސްޓަރުންނަށް އަދި އެތަނުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބޭނީ ލީސް ރައިޓްސްގެ ދަށުން ލިބިދޭ ދިރިއުޅުމުގެ ނުވަތަ ޒިޔާރަތްކުރުމުގެ ފުރުޞަތު އެކަނި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު