ރަސްމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މުޅި އިޤްތިޞާދަށް އިންޤިލާބީ ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށާއި، މި މަޝްރޫޢު ފެށިގެންދާނީ 5000 ހައުސިންގ ޔުނިޓާއެކު ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރަސްމާލޭގައި ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްޤީކުރުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމާ ގުޅޭގޮތުން ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ސޮއިކުރެވުނު އެންމެ ތާރީޚީ އަދި އެންމެ އަގުބޮޑު ބިޔަ މަޝްރޫޢު ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވެނީ ހަމައެކަނި ވޯޓަރފްރަންޓާއި މެރީނާއެއް ނޫނެވެ. މީގެ އިތުރުން ދިވެހި ރައްޔިތުންނަށް ސީދާ ފައިދާކުރާނެ ގިނަ ކަންތައްތަކެއް ހިމެނިފައިވާ އިރު، އީގަލް ހިލްސްއިން 500 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ދިވެހި ރައްޔިތުންނަށް އެކި ފެންވަރުގެ 5000 ހައުސިންގ ޔުނިޓް ތަރައްޤީ ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި 5000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެކަން ހާމަކުރައްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ސަރުކާރުން އެންމެ ބޮޑަށް ބޭނުންވަނީ ހުޅުމާލޭގައި ކަމަށެވެ.
ރާއްޖޭގެ މުޅި ޖީޑީޕީއަކީ ގާތްގަނޑަކަށް 7.7 ބިލިޔަން ޑޮލަރުކަން ފާހަގަކުރައްވަމުން މާލީ ވަޒީރު ވިދާޅުވީ، އަބޫދާބީ ކުންފުންޏާއެކު ގާއިމްކުރި 20 ބިލިޔަން ޑޮލަރުގެ މި އިންވެސްޓްމަންޓަކީ ރާއްޖޭގެ ޖީޑީޕީއަށްވުރެ ގާތްގަނޑަކަށް 3 ގުނަ ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ދުވެލި މުޅިން އައު ހަރުފަތަކަށް އުފުލި، ޤައުމުގެ އިޤްތިޞާދީ މަންޒަރު އެއްކޮށް ބަދަލުވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު