މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ސަބުނަމް މަގުގައި ތޫނު އެއްޗަކުން ދެމީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާކަމުގެ މައުލޫމާތު ރޭ 21:01 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 48 އަހަރާއި 33 އަހަރުގެ ދިވެހި ދެ ފިރިހެނުންނަށް ކަމަށް ފުލުހުން ބުނެއެވެ. އެމީހުންގެ ތެރެއިން އެކަކަށް ސެނަހިޔާ ހޮސްޕިޓަލުގައި އަދި އަނެކަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް