ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް، ކަންބޮޑުވުންތަކަށް އުފާވެރި ހައްލުތަކެއް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި ބަދަލާއެކު މިހާރު އޮތް ދަތި ހާލަތަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކުންފުނިތަކުން ވިއްކާލާފައި އޮތް ހިއްސާ ހޯދައި، ދިވެހީންގެ އަތްމައްޗަށް އެ ކުންފުނިތައް ގެންނަން ނިންމީ "ދިވެހީންގެ ރާއްޖެ" ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން، ދިވެހީންގެ ހަރުމުދާތައް ދިވެހީންގެ އަތްމައްޗަށް އަންނަން ޖެހޭނެތީ ކަމަށެވެ.ރައީސް ވިދާޅުވި ގޮތުގައި، ދަތި ކޮންމެ ވަގުތެއްގައިވެސް ސަރުކާރުން އިސްކުރާނީ ދިވެހި ރައްޔިތުންނަށް ފައިދާހުރި ގޮތެވެ. އާންމު ރައްޔިތުންނަށް ފައިދާހުރި ގޮތް ހިޔާރުކުރުމަކީ އަދުލުވެރިވުން ކަމަށާއި، ވިޔަފާރިވެރިން އެ ހިސާބަށް ދެވުނީތީ ރައްޔިތުންނަށް ހައްގުވާ މިންވަރު ދޭންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިގުތިސާދީގޮތުން ގައުމު ހަރުދަނާކޮށް، ގައުމުގެ ހަރުމުދާތައް ސަލާމަތްކުރުމަކީ އެމަނިކުފާނުގެ ސިޔާސަތުގައި ވަރަށް ބޮޑަށް ހިމެނޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ބޭންކިން ނިޒާމާއި އިގުތިސާދީ ބަދަލުތައް
ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ހުރިހާ ކަމެއްގައިވެސް ރައްޔިތުން ޝާމިލުވާ މިންވަރު އިތުރުވުމާ ގުޅިގެން ބައެއް ދަތިތައް މިވަގުތު ދިމާވަމުންދާ ކަމަށެވެ.
"އެއީ ރައްޔިތުންގެ ހައްގުގައި، މި ގައުމުގެ އިގުތިސާދު މަތީ ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގައި ދަތިކަމެއް މި ދިމާވަނީ. ނަމަވެސް ޤާނޫނުތަކަށް ގެންނަ ބަދަލުތަކާއި އިގުތިސާދީ ސިޔާސަތު ތަންފީޒު ކުރުމުގައި މި ކުރެވޭ މަސައްކަތް ނަތީޖާއަކަށް ވާނީ މާ ލަސްތަކެއް ނުވެ ރައްޔިތުންނަށް މިހާރު ދިމާވެފައި ހުރި ދަތިތައް ހައްލުވުން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، އާންމު ރައްޔިތުންނަށް އަދި ބޮޑެތި ވިޔަފާރިވެރިންނަށް ވެސް މިހާރު ދިމާވެފައި ހުރި ދަތިތަކަށް ރަނގަޅު ހައްލުތަކެއް ލިބި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އުފާވެރިކަން ގެނެސްދޭނެ ކަމަށެވެ.
" އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ ރައްޔިތުންނަށް މިހާރު ދިމާވެފައި ހުރި ދަތިތަށް ކުދިކުދި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިހުރި ދަތިތަކާއި އާންމު ރައްޔިތުންނަށް މިހާރު ދިމާވެފައި ހުރި ދަތިތަކާއި މިހުރިހާ ފަރާތްތަކުގެ މިހާރު ދިމާވެފައި ހުރި އަދި މިހާރު ބޮޑެތި ވިޔަފާރިތަކަށް ދިމާވެފައި ހުރި ދަތިތަކަށް ވެސް ރަނގަޅު ހައްލުތަކެއް ލިބި އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަޅުގަނޑުމެން އުފާވެެރިކަން ގެނެސްދޭނަން" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު