ސަރުކާރުން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ތަރައްޤީކުރަމުން އަންނަ 55 ކައުންސިލް އިދާރާގެ ތެރޭގައި ހިމެނޭ ޅ. ހިންނަވަރު ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތުގެ 44 އިންސައްތަ ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ހިންނަވަރު ކައުންސިލް އިދާރާގެ މަޝްރޫޢާ ގުޅޭގޮތުން އެ ވުޒާރާއިން 'އެކްސް' ގައި ހިއްސާކުރި މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ އިމާރާތުގެ މައިގަނޑު މަސައްކަތްތައް ބާރަށް ކުރިއަށްދާއިރު، މިވަގުތު ކުރިއަށްދަނީ ފާރުތަކުގައި ސިމެންތި ޖެހުމުގެ މަސައްކަތްތަކާއި އިމާރާތުގެ ވަ
ށާފާރު ރޭނުމުގެ މަސައްކަތްތަކެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބިނާކުރާ އިމާރާތްތައް ފަރުމާކޮށްފައިވަނީ ޒަމާނީ ފެންވަރަށެވެ. އަދި މަސައްކަތް އެއްކޮށް ނިމި، ކައުންސިލްތަކާ މި އިމާރާތްތައް ޙަވާލުކުރާނީ އެތަނަށް ބޭނުންވާ އެންމެހައި މޭޒާއި، ގޮނޑި އަދި ކައުންޓަރު ފަދަ އޮފީސް ފަރުނީޗަރުތަކާއެކު "ފުލީ-ފާނިޝްޑް" ކޮށް ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
ރާއްޖޭގެ ރަށްރަށުގައި ޒަމާނީ ފެންވަރުގެ ކައުންސިލް އިދާރާތައް ބިނާކޮށް، ލާމަރުކަޒީ ޚިދުމަތްތައް ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ސިޔާސަތުގެ ދަށުން މުޅި ރާއްޖޭގެ 105 ރަށެއްގައި އަލަށް ކައުންސިލް އިދާރާތައް އެޅުމަށް ވަނީ ރޭވިފައެވެ.
މީގެ ތެރޭގައި ހިމެނެނީ އާރް.ސީ.ސީއާ ހަވާލުކޮށްގެން މިހާރު ކުރިއަށްގެންދާ 55 ކައުންސިލް އިދާރާގެ މަސައްކަތުގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރު
މަށް ހަމަޖެހިފައިވާ 50 ކައުންސިލް އިދާރާގެ މަޝްރޫޢެވެ. މި މަޝްރޫޢުތައް ނިމުމުން، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ކައުންސިލްތަކުގެ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް އެކަށީގެންވާ ޖާގައާއި ޒަމާނީ ވަސީލަތްތައް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު