ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެންލައިޓެއް ހަލާކުކޮށްލައިގެން ވަދެ ފިހާރައަކުން ގިނަ އަދަދެއްގެ ފޯނު ވަގަށް ނެގި މީހާގެ މައްޗަށް ކުށް ސާބިތެއް ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ހަސަން ޝާން ނަމަކަށް ކިޔާ މީހަކު މާވެޔޮމަގ،ު މެޖެސްޓިކް މޮބައިލް ފިހާރައިގެ 1އަށް ވަދެ ތިރީސްއަށް ވުރެ ގިނަ ފޯނާއި ޓެބްލެޓާއި އަދި 2000 ރުފިޔާ ވަގަށް ނެގިއެވެ.

އެ މައްސަލައިގައި ޝާންގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ. އެއީ މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ ދައުވާއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އެ ދެ ދައުވާވެސް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކަނޑައަޅައިފައެވެ.

ކޯޓު ހުކުމްގައި ބުނެފައިވާގޮތުން ޝާންގެ މައްޗަށް ކުށް ސާބިތުވާވަރަށް ދައުލަތުން ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

ކޯޓު ހުކުމުގައި ބުނެފައިވާ ގޮތުން ޝާންގެ ފިންގަޕްރިންޓް ފެނުނީ މެޖެސްޓިކް މޯބައިލްސް ފިހާރައިގެ އޮފީސް ބައިގެތެރޭގައި އޮތް ފޮށިގަނޑުގެ ބޭރުންނެވެ. ނަމަވެސް އެއީ ހިފައި ގެންގުޅެވޭ މުދަލަކަށްވެފައ،ި ކޮންމެ މީހަކަށް ވެސް އެ މުދާ އެއްތަނުން އަނެއް ތަނަށް ބަދަލުކުރުމަކީ ކުރެވޭނެކަމެއްކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ/

"އެހެންކަމުނ،ް މި މައްސަލާގައި ދައުލަތުގެ ފަރާތުން މެޖެސްޓިކް މޯބައިލްސް ފިހާރައިގެ އޮފީސް ބައިގެތެރޭގައި އޮތް ފޮށިގަނޑު އެ ފިހާރައަށް ގެނެސްފައިވަނީ ކޮން ދުވަސްވަރެއްގައި ކަމާއ،ި ފޮށިގަނޑު އެންމެ ފުރަތަމަ މެޖެސްޓިކް މޯބައިލްސް ފިހާރައިގެ ތެރެއަށް ވެއްދީ ކާކުކަމާއ،ި އަދި އޭގެ ފަހުން އެ ފޮށީގައި އެހެން އެއްވެސް މީހަކު އަތް ލާފައި ނުވާނެކަނ،ް ދައުލަތުގެ ފަރާތުން ޝަރީޢަތުގައި ސާބިތުކޮށްދެންޖެހޭނެއެވެ. ނަމަވެސް އެކަންކަން ސާބިތުކޮށްދެވޭނެ އެއްވެސްލިޔުމެއް އަދި ހެއްކެއް ދައުލަތުން ހުށަހަޅާފައެއްނުވެއެވެ." ކޯޓު ހުކުމުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް