ދީނީ ބައިބައިވުން ތަކަށް އެއްވެސް ހާލެއްގައި ޖާގަ ދީގެންނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ ޒުވާން ޚަތީބުންގެ ޤައުމީ މަޙާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ޖަމާޢަތުގައި ނަމާދުކުރުމުގައި ރައްޔިތުންގެ ޙާލަތަށް ރިޢާޔަތްކުރުމަށާއި، ދީނީ ފަރުޢީ މައްސަލަތަކުގައި ޚިޔާލުތަފާތުވުންތައް މުޖުތަމަޢު ބައިބައިވުމަށް ފުރުޞަތު ނުދިނުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. މިނިސްޓަރު ވިދާޅުވީ ޖަމާޢަތުގައި ނަމާދުކުރާއިރު އެކި ޢުމުރުފުރައިގެ އަދި އެކި ޙާލަތްތަކުގެ މީހުން ބައިވެރިވާ ކަމަށެވެ. އެގޮތުން ވަރުބަލިވެފައި ތިބޭ މީހުންނާއި އުޒުރުވެރިން ވެސް ޖަމާޢަތަށް އަންނަނީ ޖަމާޢަތުގެ ސަވާބު ހޯދުމަށް ކަމަށްވާތީ، އިމާމުން ނަމާދު ދިގުނުކުރުމަށް ސަމާލުކަންދޭންޖެހޭނެ ކަމަށެވެ. ގިނައިރު ކިޔަވަން ބޭނުންވާ ފަރާތްތަކުން އެކަނިހުރެ ދަމުނަމާދުގައި ކިތަންމެ ދިގުކޮށްވެސް ކިޔެވިދާނެ ކަމަށާއި، ނަމަވެސް ޖަމާޢަތުގައި މީހުންގެ މަޞްލަޙަތަށް ބަލަންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ފިޤުހީ މައްސަލަތަކާއި ސުއްނީ މަޛުހަބުތަކުގެ (ޝާފިޢީ، ޙަންބަލީ، ޙަނަފީ، އަދި މާލިކީ) މެދުގައި ހުންނަ ފަރްޢީ ޚިޔާލުތަފާތުވުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެފަދަ ކަންކަމުގައި ޖަދަލުކޮށް ހަދައިގެންނުވާނެ ކަމަށެވެ. ރަށެއްގެ އަޙުލުވެރިން ނަމާދުކުރަމުން އަންނަގޮތަކީ ޤުރުއާނާއި ސުންނަތާ ޚިލާފު ނުވާނަމަ، އިމާމުވެ ނަމާދުކުރާ މީހާ ޢަމަލުކުރަންވާނީ އެ މީހުން ޤަބޫލުކުރާގޮތުގެ މައްޗަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންނޫންނަމަ، ދީނީ ހޭލުންތެރިކަން ކުޑަ މުޖުތަމަޢެއްގައި ނޭނގުމެއްގެ ސަބަބުން ބައެއް ކަންކަމާ ގުޅިގެން ހޭލުންތެރިކަން ނެތް މިންވަރުން މީހުންނަށް އޮޅުންއަރައި، ދީން ބަދަލުވަނީ ކަމަށް ހީވެ މުޖުތަމަޢުގައި ބައިބައިވުން އުފެދިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން، މިފަދަ ކަންކަމުގައި ދީނީ ބައިބައިވުންތަކަށް އެއްވެސް ޙާލެއްގައި ޖާގަދެވިގެންނުވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު