ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވުމާ ގުޅިގެން، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
އެގޮތުން ގއ. އިން ފެށިގެން އައްޑޫ ސިޓީއަށް މިރޭ 22:00 އިން ފެށިގެން ދަންވަރު 03:00 އާ ހަމައަށް ސަމާލު ނެރެފައިވާއިރު، ކ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ސަމާލު ނެރެފައިވަނީ މިރޭ 23:00 އިން ފެށިގެން ފަތިހު 05:00 އަށެވެ. މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
މި ވިއްސާރައިގައި ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބެމުންދާއިރު، އައްޑޫ ސިޓީ ފޭދޫގެ ގިނަ ގެތަކަށް ފެންވަދެ ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މީގެ އިތުރުން، މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރުކުރުމަށް ދަތިވެ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
މޫސުން އިތުރަށް ގޯސްވެ ކަނޑުދަތުރުކުރާ ފަރާތްތަކަށް ނުރައްކާތަކާ ކުރިމަތިވެދާނެ ކަމަށް ބަލައި، ކަނޑުދަތުރުކުރާ އެންމެހާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރައްޔިތުން ވެސް މިފަދަ ވިއްސާރަ ދުވަސްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިރުޝާދުދީފައެވެ.

ކިޔުންތެރިންގެ ހިޔާލު