މަހަކު 60،000 ރުފިޔާ އަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދައިގެ ފުލް ކަވަރޭޖު ނުލިބޭގޮތަށް ހެދުމަށް ސަރުކާރުން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ތަނަވަސްކަން ހުރި މީހުންނަށް ސަބްސިޑީގެ ގޮތުގައި އެއްޗެހި ދިނުމަކީ ދައުލަތަށް އުފުލޭނެ ބުރައެއް ނޫން ކަމަށެވެ. އަދި ޓާގެޓް ސަބްސިޑީގެ ނިޒާމެއް އަންނަންޖެހޭ ކަމަށާއި، މުއްސަނދިންނަށް ދޭ އިނާޔަތްތައް ކަނޑާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވިގޮތުގައި ތަނަވަސް މީހުން ދައުލަތުން ދޭ އެހީތަކަށް އުފާވަނީ ހަމައެކަނި ޖީބަށް ލުއިވާތީއެއް ނޫނެވެ. ނަމަވެސް، އަމިއްލަ މަސައްކަތުން ރިސޯޓްތަކާއި، އޮޑިދޯނިފަހަރާއި ގޯތިގެދޮރު ހޯދާފައިވާ މީހުން ހޮސްޕިޓަލަށް ދިއުމުން ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުމުން، ދައުލަތުގެ ފަރާތުން ކަމެއް ކޮށްދެވުނުކަމުގެ އިހުސާސް އެމީހުންނަށް ކުރެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެހެންނަމަވެސް، މިފަދަ ހާލަތްތަކުގައި ތަނަވަސް މީހުން ހޮސްޕިޓަލަށް ދިއުމުން، ޚަރަދު ކުރާނީ އާސަންދައިންތޯ ނުވަތަ އަމިއްލަ ޖީބުންތޯ އެމީހުން ކުރެން އަހާލުމަކީ ރަނގަޅު ގޮތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެފަދަ ސުވާލެއް ކޮށްފިނަމަ، ގިނަ ތަނަވަސް މީހުން އަމިއްލަ ޖީބުން ޚަރަދުކުރަން އެދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އާސަންދަ ނިޒާމުގެ ތެރޭގައި އިސްލާހުކުރަންޖެހޭ ބައިވަރު ކަންތައްތަކެއް ހުރިކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެގޮތުން ޑޮކްޓަރުން ސިޓީ ލިޔުއްވާ ގޮތް އިސްލާހުކުރުމާއިހަދަންޖެހޭ ޓެސްޓްތަކަށް ކުރާ ޚަރަދުތައް ކޮންޓްރޯލްކުރުމުގެ އިތުރުންއާސަންދައިގެ ތެރެއިން ހިންގާ ވިޔަފާރިތަކުގެ އުސޫލުތައް ރަނގަޅުކުރަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަންނަ މަހުން ފެށިގެން އާމްދަނީގެ ގޮތުގައި މަހަކު 60،000ރ. އަށްވުރެ އިތުރަށް ލިބޭ މީހުންނަށް އާސަންދައިގެ ފުލް ކަވަރޭޖު ނުލިބޭގޮތަށް ހެދުމަށް ސަރުކާރުން ނިންމާފައިވާއިރު، މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އެޅުމަށް ނިންމާފައިވާ ފިޔަވަޅެކެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތަނުގައި 60،000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ މީހުން އާސަންދަ ބޭނުންކުރާނީ "ކޯ-ޕޭ" ނުވަތަ "ޕްރީ-ޕޭ" ނިޒާމެއްގެ ތެރެއިންކަމަށެވެ. އަދި މިއީ ޚަރަދު ކުޑަކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށާއި، މި ބަދަލުގެ ސަބަބުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކުރެވި، ރައްޔިތުންގެ އެހެނިހެން ބޭނުންތަކަށް އެ ފައިސާ ޚަރަދުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު