ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓުގެ ހިދުމަތް ދެމުންއަންނަ ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނީގެ ހުރިހާ މަސައްކަތްތަކެއް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި ފެނަކައިގެ ތެރެއިން ހިންގާފައިވާ ބޮޑެތި ޖަރީމާތައް އޮޑިޓާ ޖެނަރަލް އޮފީހުގެ ރިޕޯޓުތަކުން ސާފުކޮށް ފެންނަން އެބަހުރި ކަމަށެވެ. އަދި އެ ކުންފުނީގެ ހިދުމަތްތައް އިސްލާހުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ފަންނީ ބޭފުޅުންގެ ލަފަޔާ ހަވާލާދެއްވައި ރައީސް ވިދާޅުވީ، ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކުންފުންޏެއް ނޫން ކަމަށް ބެލެވޭތީ، އެ ކުންފުނި އުވާލައި ސްޓެލްކޯއާ އެއްކޮށްލުމަށް ސަރުކާރުން ނިންމެވީ ކަމަށެވެ. މި ބަދަލާއެކު، މުޅި ރާއްޖެއަށް ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އުފުލާނީ ސްޓެލްކޯއިންކަމަށް ރައީސް ވިދާޅުވިއެވެ.
"ސަރުކާރުން މިކަމާ މެދު ވަރަށް ފުންކޮށް ވިސްނައި މަޝްވަރާކުރުމަށް ފަހު ނިންމާފައި މިވަނީ ފެނަކަ އުވާލުމަށް ފަހު ސްޓެލްކޯއާ އެއްކޮށްލަން. އެހެންވީމަ މުޅި ރާއްޖޭގައި ހިދުމަތް ދޭނީ ސްޓެލްކޯ އިން މި ޕްރޮސެސް ނިމުނީމަ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، މަގުހެދުމުގެ މަޝްރޫއުތައް ހިންގާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ވެސް އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރުމުގެ މަރުހަލާ ކުރިއަށްދާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.
އެއް ދާއިރާއަކުން އެއްގޮތް މަސައްކަތްތަކެއް ކުރުމަށް ގިނަ ކުންފުނިތަކެއް އުފައްދާފައި ހުރުމަކީ ދައުލަތުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެގެންދާ ކަމެއްކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ މި ދެ ކުންފުނި އުވާލަން ނިންމެވި މައިގަނޑު ބޭނުމަކީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ހަރުދަނާ ނިޒާމެއްގެ ތެރެއިން ތަރައްގީގެ މަޝްރޫއުތައް ހިންގުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު