ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ އަޚުންނާއި އުޚުތުން އެ މީހުންގެ އަމިއްލަ ވަޒަނުން ގަދަބާރުން ނެރެ، ބޭރުކޮށްލުމަށް އިސްރާއީލުގެ ސަރުކާރުގެ ބައެއް ވަޒީރުން ގޮވާލި ގޮވައިލުމާއި، އެ ޖަރީމާ ހިންގުމަށް ޓަކައި އެކުލަވާލަން ހުށަހެޅި ޕްލޭންތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ، އިސްރާއީލުގެ ވެރިންގެ މިފަދަ ވާހަކަތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ އެންމެހައި މުޢާހަދާތަކާ ސީދާ ޚިލާފު ޢަމަލުތަކެއް ކަމަށެވެ. އަދި މިއީ މެދުއިރުމައްޗަށް ދާއިމީ ޞުލްޙައާއި ހަމަޖެހުން ގެނައުމަށް ޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމުގައިވެސް އެ ބަޔާނުގައި ވެއެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބަޔާންކޮށްފައިވަނީ، ކޮންމެ ނަމެއްގައި ނުވަތަ ކޮންމެ ބަހަނާއެއް ދައްކައިގެން ނަމަވެސް، ފަލަސްޠީނުގެ ބިމުގެ އެތެރޭގައި ވިޔަސް ނުވަތަ އެ ޤައުމުން ބޭރަށް ވިޔަސް، ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން ބޭރުކޮށް ގެދޮރު ގެއްލުވައިލުމަށް ހިންގާ އެއްވެސް ޢަމަލަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދު ނުކުރާނެ ކަމަށާއި އެކަމާ ދެކޮޅަށް އަބަދުވެސް އަޑުއުފުލާނެ ކަމަށެވެ. މީގެއިތުރުން ޣައްޒާއަކީ ފަލަސްޠީނުގެ ދައުލަތުގެ ވަކިނުކުރެވޭނެ މުހިންމު ބައެއްކަން ފާހަގަކޮށް، އަމިއްލަ ފަސްގަނޑުގައި ދިރިއުޅުމުގެ ޙައްޤާއި، އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤު ކޮންމެ ފަލަސްޠީނު ރައްޔިތަކަށްމެ ލިބިގެންވާކަން ދިވެހި ސަރުކާރުން ވަނީ ހަނދާންކޮށްދީފައެވެ.
ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ މިފަދަ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ގޮންޖަހާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނެސް ޖަވާބުދާރީ ކުރުވުމަށް ޓަކައި، އދ. ގެ ސަލާމަތީ މަޖިލީހާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން ލަސްނުކޮށް މިހާރުން މިހާރަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އަބަދުވެސް ބިނާވެފައިވަނީ މަﻈްލޫމުންގެ ޙައްޤުގައި ވަކާލާތު ކުރުމުގެ މައްޗަށް ކަމަށްވާއިރު، ފޮރިން މިނިސްޓްރީގެ ބަޔާން ނިންމާލާފައިވަނީ ފަލަސްޠީނުގެ އަޚުންނާއެކު ދިވެހިރައްޔިތުންނާއި ސަރުކާރު އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމުންނެވެ.
އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެން، މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ ޝަރަފުވެރި ޖިހާދަށް ދިވެހިރާއްޖެއިން އަބަދުވެސް ފުރިހަމައަށް އެއްބާރުލުމާއި ތާއީދު ދޭނެކަން ސަރުކާރުން ވަނީ އަލުން ތަކުރާރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު