ށ. ފުނަދޫގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައްޔިތުންގެ ސަލާމަތަށް އިސްކަންދިނުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، މިހާދިސާގައި ލިބުނު ގެއްލުންތަކާ މެދު ހިތާމަ ކުރައްވާ ކަމަށެވެ.
ފުނަދޫ ޕެޓްރޯލް ޝެޑެއްގައި ރޯވި މި އަލިފާނުގެ ސަބަބުން، އާންމުން ދިރިއުޅޭ ބައެއް ގެތަކަށާއި ވޯކްޝޮފް/ގަރާޖުތަކަށް އަލިފާނުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ފައިސަލް ފާހަގަކުރެއްވިއެވެ. އެކަމާ ހިތާމަފާޅުކުރައްވަމުން، މިފަދަ ހާދިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފައިސަލް ވަނީ މިފަދަ ނުރައްކާތެރި ޚިދުމަތްތައް ދެވޭ ތަންތަން ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުން ދުރުކުރުމަށް ގޮވާލައްވާފައެވެ. "ޚާއްސަކޮށް އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދާ ދުރުން މިފަދަ ޚިދުމަތްތައް ދިނުން ބަދަލު ކުރަން ޖެހޭ. އަދި މިއީ ނުރައްކާތެރި ކަމަކަށް ވާއިރު، އަބަދު ވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ދިމާވެދާނެ ހާދިސާއަކަށް ފުރިހަމައަށް ތައްޔާރުވެ ތިބެން ޖެހޭ،" ފައިސަލް ވިދާޅުވި އެވެ.
މިފަދަ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ކޮންމެ ވަގުތެއްގައިވެސް ދިމާވެދާނެ ނުރައްކާތެރި ހާލަތަކަށް ތައްޔާރުވެ ތިބުމަށް ފައިސަލް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު