އިސްރާއީލުގެ އަނިޔާވެރި ސިފައިން ފަލަސްތީނުގެ ވެސްޓް ބޭންކުގެ އެކި ރަށްތަކަށް ވަދެގަނެ، ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުން ހައްޔަރުކޮށްފިއެވެ.
މި އުދުވާނު ހިންގަން ފަށާފައިވަނީ ވެސްޓް ބޭންކް އެއްކޮށް ފުރަބަންދު (ލޮކްޑައުން) ކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމުރުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.
ނަތަންޔާހޫ މި އަމުރު ނެރުނީ ހުކުރު ދުވަހު ހަލީލު (ހެބްރޮން) ކައިރީގައި ހުންނަ ޣައިރުގާނޫނީ ޔަހޫދީ އާބާދީއެއް ކަމަށްވާ ތެލެމް ކައިރީގައި ހިނގި ބަދަލުކުރުމެއްގައި އިސްރާއީލުގެ ދެ ސިފައިން މަރުވެ، ތިން މީހަކު ޒަޚަމްވުމާ ގުޅިގެންނެވެ. އެ ހަމަލާ ދިން ކަމަށް ބުނާ ފަލަސްތީނުގެ ދެ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ތެލެމް ހިމެނޭ ގޮތަށް އިސްރާއީލުން ހަދާފައިވާ ހުރިހާ ޔަހޫދީ އާބާދީތަކަކީ ވެސް ޣައިރުގާނޫނީ ތަންތަނެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލު ސިފައިން ވަނީ ވެސްޓް ބޭންކުގެ އުތުރުގެ މަދުވެގެން 15 ރަށަކަށް ވަދެގަނެފައެވެ. މިގޮތުން ނާބުލުސް، ޖެނިން، ތޫބާސް އަދި ގަލްގީލިޔާ ފަދަ ސިޓީތަކަށް އަސްކަރީ ބާރުތަކުން ވަދެފައިވެއެވެ. ނާބުލުސް ކައިރީގައިވާ ޖާލޫދާއި ގަރްޔޫތު އަވަށުގެ ގެތަކަށް ވަދެ ފާސްކޮށް ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު، ޖެނިން ކައިރީގައިވާ އަރާބާ އަދި ބުރުގީން އިން ވެސް މީހުން ހައްޔަރުކޮށްފައިވެއެވެ. މީގެއިތުރުން އިރުމަތީ ފަރާތުގައިވާ އަރީހާ (ޖެރިކޯ) އަދި އަގަބަތު ޖަބްރު ރެފިއުޖީ ކޭމްޕަށް ވެސް އިސްރާއީލު ސިފައިން ވަދެގަތެވެ.
ވެސްޓް ބޭންކުގެ ދެކުނުގައިވާ ހަލީލު ސިޓީގައި އިސްރާއީލުގެ ބުލްޑޯޒަރުތައް ބޭނުންކޮށްގެން ތިން ބުރީގެ އިމާރާތެއް ވަނީ ބިމާހަމަކޮށްފައެވެ. އެ އިމާރާތުގައި ދިރިއުޅޭ އާއިލާތަކަށް އެމީހުންގެ މުދާތައް ނެރުމަށް ދިނީ އެންމެ ފަސް މިނެޓުގެ މުހުލަތެކެވެ. މީގެއިތުރުން، އެ ސިޓީގެ އައިން ދައިރު ބަހާ ސަރަހައްދުން ސަތޭކަ އަށް ވުރެ ގިނަ އާއިލާތަކަށް ގެދޮރު ދޫކޮށް ދިއުމަށް އިސްރާއީލުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ގެ ވަށައިލުމުގެ އިތުރުން، އެ ސިޓީގެ އަލް-ޖަލްދާ އަވަށުގައި ވެސް ދަނީ ރެއިޑްތައް ހިންގަމުންނެވެ. އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ ހަލީލުގައި ފަށާފައިވާ އޮޕަރޭޝަން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މުޅި ވެސްޓް ބޭންކުގައި ކުރިއަށްދާނެ ކަމަށެވެ.
އިސްރާއީލުން އަޅާފައިވާ ފުރަބަންދުގެ ސަބަބުން ވެސްޓް ބޭންކުގެ އެކި ސަރަހައްދުތަކުގައިވާ ގާތްގަނޑަކަށް 1،000 ޗެކްޕޮއިންޓާއި ގޭޓު ބަންދުކުރެވި، އެތައް މިލިއަން ފަލަސްތީނު ރައްޔިތުންނެއްގެ ދިރިއުޅުމަށް ވަނީ ހުރަސްއެޅިފައެވެ.
މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ ހައްދުފަހަނައެޅި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ވަނީ ވެސްޓް ބޭންކުގެ ފުރިހަމަ ކޮންޓްރޯލް ނެގުމަށް ގޮވާލާފައެވެ. މިއީ އަންނަ އަންގާރަ ދުވަހު ބާއްވާ އިސްރާއީލުގެ އިންތިޚާބާ ދިމާކޮށް، ޔަހޫދީ ވަޒަންވެރިންނާއި ސިފައިން ހިންގާ އަނިޔާވެރި އަމަލުތަކާއި، ޒައިތޫނި ބިންނަ ދުވަސްވަރު ފަލަސްތީނު މީހުންނަށް ދެމުންދާ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެކެވެ.
ފަލަސްތީނިއަން ނެޝަނަލް އިނީޝިއޭޓިވްގެ ސެކްރެޓަރީ ޖެނެރަލް މުސްތަފާ ބަރްޣޫތީ ވިދާޅުވީ، އިސްރާއީލުގެ މިނިސްޓަރުންގެ ހަރުކަށި ބަސްމަގުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށެވެ. އަދި މި ފުރަބަންދުގެ ސަބަބުން ކޮންމެ ސިޓީއަކާއި އަވަށެއް "ކުޑަ ޖަލަކަށް" ބަދަލުވެ، ސިއްހީ ޚިދުމަތްތަކާއި، އިގުތިސާދީ އަދި ތައުލީމީ ކަންކަމަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާ ކަމަށް އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ. ބަރްޣޫތީ އިތުރަށް އިންޒާރު ދެއްވި ގޮތުގައި، އިސްރާއީލުން ދެމުންދާ މިފަދަ ޖަމާއީ އަދަބުތަކުގެ ސަބަބުން މަސްރަހު އިތުރަށް ގޮވުމަކަށް ހިނގައިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު